Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޤާސިމް ހޮވިއްޖެނަމަ މެސީ ރާއްޖޭގައި ކުޅޭނެ: ރިޔާޒް

ޤާސިމް ހޮވިއްޖެނަމަ މެސީ ރާއްޖޭގައި ކުޅޭނެ: ރިޔާޒް

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކާމިޔާބުކޮށްފި ނަމަ މަޝްހޫރު ފުޓުބޯޅަ ކުޚުންތެރިޔާ މެސީ ރާއްޖޭގައި ކުޅޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ އޮލިމްޕިކްސް މުބާރާތް ބޭއްވޭ ވަރުގެ ބޮޑު ސްޓޭޑިއަމެއް އަޅައިދެއްވުމަކީ ގާސިމްގެ ވައުދެއް ކަމަށެވެ. އަދި މާލޭގެ ގަލޮޅު ދަނޑުގައި މެސީ ފުޓުބޯޅަ މެޗެެއް ކުޅޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

“އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން އެމަނިކުފާނުގެ ވެރިކަމެއްގައި މެސީ އައިސް މި ގަލޮޅު ދަނޑުގަ ފުޓުބޯޅަ ކުޅޭނެ. މެސީ ފުޓުބޯޅަ މެޗެއް ކުޅޭނެ އެމަނިކުފާނުގެ ވެރިކަމުގަ” ރިޔާޒު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރިޔާޒް ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ސަލާން ޖަހަން ދުވަން ނުޖެހޭނެ ކަމަށާއި ހުރިހާ މެޗެެއްވެސް ގާސިމް ސްޕޮންސަރ ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ދަންނަ ބޭފުޅުން ތިއްބެވީ ގާސިމްގެ އަރިހުގައި ކަމަށާއި ގާސިމްގެ ވެރިކަމެއްގައި އަސާސީ ހުރިހާ ބޭނުންތަކެއް ފުއްދައިދެއްވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް