Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޗުއްޓީ ދުވަސްވަރު ބަލިތައް އިތުރުވާަކަން ފާަާހަގަކޮށް، ސަމާލުވާާން އެދިއްޖެ

ޗުއްޓީ ދުވަސްވަރު ބަލިތައް އިތުރުވާަކަން ފާަާހަގަކޮށް، ސަމާލުވާާން އެދިއްޖެ

މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ފަދަ ބަލިތައް އިތުރުވާކަން ފާހަގަކޮށް، ޗުއްޓީ ދުވަސްވަރު މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެޗްޕީއޭއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތީ އީދު ބަންދާ، ސްކޫލު ޗުއްޓީކަމުން މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެއަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން އިތުރުވެގެންދާނެ ކަމަށެވެ.

މިދުވަސްވަރު ޑެންގީ، އަރުދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކާތީ، ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ކުޑަކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Advertisement
HDC — Sidebar (box)

 

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް