Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީޕީއަށް ދައުވަތު ދެއްވާ, ފައްޔާޒް ވިދާޅުވީ ޖެންޒީ އޮތީ ޖާބިރުއާއެކުގައި ކަމަށް

އެމްޑީޕީއަށް ދައުވަތު ދެއްވާ, ފައްޔާޒް ވިދާޅުވީ ޖެންޒީ އޮތީ ޖާބިރުއާއެކުގައި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދު ދާއިރާގެ މެމްބަރު ޖާބިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދައުވަތު ދެއްވައިފިއެވެ.

ފައްޔާޒް މިފަދަ ދައުވަތެއް ޖާބިރަށް ދެއްވާފައިވަނީ, މިއަދުގެ މަޖިލިސް ޖަލްސާގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ޑީއާރުޕީއަށް ވިގޮތް ވެދާނެ ކަމަށް އިޝާރާތް ކުރައްވާ, މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ދެއްކެވި ވާހަކަފުޅަށް ދެއްވި ރައްދުގައެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ހެން،" އީވާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެ ޕާޓީއާއި ގުޅެންހުރި ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ކޮންމެ ރަށެއްގެ، ކޮންމެ އާއިލާއަކުން އައި މީހެއް ނަމަވެސް އޭނާއަށް އެންމެ މަތީ މަގާމާއި ހަމައަށް ވާސިލްކޮށްދިނުމަށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ, ޒުވާން ކުދިން ތިބީ ޖާބިރާ އެކުގައި ކަމަށެވެ.

"އަޅުގަނޑު އިލްތިމާސް ކުރަން އަދި ދައުވަތު ދެން މެމްބަރު ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށް. ޖެންޒީ އޮތީ ޗެއާ ޖާބިރާ އެކު." ފައްޔާޒް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް