މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކުރައްވައި އެމްއެންޑީއެފުން ވިދާޅުވެފައިވަނީ، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުއްޓާ ދިމާ ބޭރު މޫދު ސަރަހައްދުގައި ކަމަށެވެ.
އަދި ހަވާ އަރުވާނީ މިރޭ 10:00 ގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ދާދި ފަހުން، ވެރިރަށް މާލޭގައި ވެސް، ހަވާ އަރުވައިފައިވެއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ.