ޚަބަރު

އިމްރާން ވިދާޅުވާ ގޮތުގައި، ހަމަޖެހުން ކަށަވަރު ކުރުމަށް ރައީސްއަށް ދެވަނަ ދައުރެއް މުހިންމު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަށަވަރު ކުރެވޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO
އިމްރާން މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ މިއަދުގެ ޙާލަތަށް އެންމެ ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަމަށާއިޑ އެކަން ކަށަވަރު ކުރެވޭނީ ރައީސް ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްގެން ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް އަދާލަތު ޕާޓީން ވަނީ ރައީސް ޞާލިޙާއެކު ނުކުންނަން ނިންމައިފައެވެ. ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި، މިނިސްޓަރު އިމްރާން ކުރިން ވިދާޅުވެފައި ވަނީ ތަފާތު ޚިޔާލުގެ މީހުންނާއެކު ވެރިކަން ކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޞާލިޙު ކަމަށް ވުމުން، އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.

Ads by HDC
  1. Muhamadhu. Halieemu. K. Kaashidhuu

    ޜަޔަތުންބުނާގޮތުގައިމުރާނުދައުލަތުންބެޔްރުކުރުންމުހިންމުއިމުރާނަކީކަންޑައެޅިގެންހުރިޔަހޫދީޔެއްކަނޔަގީމުނާފިގެކަނޔަގީީ ްިލާންދީންކުޑކޮވެސްދަންނަމީހެނޫ

  2. ތަކުރު

    ކޮބައިތޯ އެބޭފުޅާ އެވިދާލުވާ ބަހުގެ މާނައަކީ؟؟؟؟!!!!