ޚަބަރު

މިނިވަން ދުވަހާއި ގުޅުވައި، ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މިނިވަން ދުވަހުގެ ހަރަކާތްތަކެއްގެ ތެރެއިން

އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައި ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމަވައިފިއެވެ.

Ads by STELCO

އެ މިނިސްޓްރީން ވިދާޅުވީ، މިއީ ޔުނައިޓެޑް ފޮޓޯގްރާފަރސް އެސޯސިިއޭޝަނާ ގުޅިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށާް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތުގެ މައިގަނޑު މަޤްސަދަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކޮށް މިނިވަންކަން ހާމަކޮށްދޭ ކަހަލަ ފޮޓޯތަކެއް އާންމުންގެ ލެންސުން ގެނެސް ދިނުމެވެ.

މުބާރާތުގެ ތީމަކީ "މިނިވަން އުފާ"އެވެ. އެ ތީމާގުޅުވައިގެން މައިގަނޑު ހަތަރު ދާއިރާއަކުން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ތާރީޚާއި ދިވެހިންގެ އާދަކާދަ އާއި ސަޤާފަތް އަދި ދިވެހި މުޖުތަމަޢުގެ މިނިވަންކަމާއި އުފާފާގަތިކަމެވެ.

މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަންނަ މަހުގެ 15އެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މުބާރާތުގެ އެންމެ މޮޅު ތިން ފޮޓޯ ހޮވައި ފައިސާގެ އިނާމު ވެސް ދޭނެ ކަމަށެވެ. އެގޮތުން އެއް ވަނަ އަށް 15،000ރ. ދެވަނަ އަށް ދާ ފަރާތަކަށް، 7،000ރ. އަދި ތިން ވަނަ އަށް 3،000ރ ވަނީ ހުށަހަޅައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!