ޚަބަރު

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް، މަޓާޓޯއިން އިންތިޒާމްކުރާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by MWSC

މިއެވޯޑަށް ނަން ހުށައެޅުމަށް ހުޅުވާލާފައި ވަނީ ޖޫންމަހުގެ 25 އިން ފެށިގެން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ގެސްޓުހައުސްތަކާއި ސަފާރީތަކާއި ރިސޯޓުތަކުގެ އިތުރުން ދާއިރާގެ އެހެނިހެން ހިދުމަތްތެރިންނަށެވެ.

ޓްރެވަލް އެވޯޑްސްގައި ގިނަ ކެޓަގަރީތަކަކުން އެންމެ މޮޅު ރިސޯޓު ވަކިވަކިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ މަގުބޫލު ފެމިލީ ފްރެންޑްލީ ރިސޯޓާއި އެންމެ ރަނގަޅު ޑައިވް އަދި ބީޗް ރިސޯޓު ހޮވާގޮތަށް ވަނީ ނިންމާފައެވެ.

މި އަހަރުގެ ޓްރެވަލް އެވޯޑްސްގެ ގާލާ ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!