Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވައިފި

ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދު ކުރި، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ޢީދު ނަމާދަށްފަހުގައި ރައީސް ވަނީ، އިސްލާމީ މަރުކަޒުގައި އޮތް ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވި އާންމުންނާ ޢީދުގެ ސަލާމް ކުރައްވައި ޢީދު ތަޙްނިޔާ ބަދަލުކުރައްވާފައެވެ.

މި ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާޞަބަތުގައި ރައީސް ޞާލިޙު ވަނީ، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މާތްވެގެންވާ މައްކާއަށް ގޮސްތިބި ހައްޖުވެރިންނާ، ދިވެހި ލޮބުވެތިރައްޔިތުންނަށާ، އިސްލާމީ އުއްމަތުގެ އެންމެހައި މުސްލިމުންނަށް މި ޢީދުގެ ތަޙުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް