ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މެއި މަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

Ads by STELCO

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.4 އިންސައްތަ އިތުރުވެފައެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް ލިބުނީ 43.1 މިލިއަން ރުފިޔާއެވެ.

އެގޮތުން ޖެނުއަރީ މަހުގައި 5.1 މިލިއަން ރުފިޔާ، ފެބްރުއަރީ މަހުގައި 5 މިލިއަން ރުފިޔާ، މާޗް މަހުގައި 11.1 މިލިއަން ރުފިޔާ، އޭޕްރީލް މަހުގައި 22.3 މިލިއަން ރުފިޔާ އަދި މޭ މަހުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!