ޚަބަރު

ޑިމޮކްރެޓްސް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން(އީސީ)އިން ދީފިއެވެ.

Ads by STELCO

މިކަން ހާމަކުރައްވައި އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް  ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދެއްވައިފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ 17 ގައެވެ. އެއަށްފަހު މިދިޔަ މަހުގެ 21 ގައި ޑިމޮކްރެޓްސްއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ހަސަން ލަތީފު ހިމެނޭހެން އެމްޑީޕީގެ 32 މަޖިލިސް މެންބަރަކު އެ ޕާޓީ ދޫކޮށް އަލަށް އުފައްދާ ޕާޓީގެ މަސައްކަތާއި ގުޅުނެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވަނީ، އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. މިހާރު އެ ޕާޓީން ވަނީ، އިދިކޮޅު މައި ކޯލިޝަން، ޕީޕީއެމް-ޕީއެންސީ އާއެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފައެވެ. މި މަޝްވަރާތަކުގެ ތިން ވަނަ ބައްދަލުވުން، މިއަދު ބާއްވަން ހަމަޖެހިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!