ޚަބަރު ސިއްޙަތު

ދަރިވަރުންގެ ދަބަސް ބަރުވާ މައްސަލައަށް ހައްލެއް: މިފަހަރު ދޭނީ ބޭރުގަނޑު ތުނި ފޮތް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
އަމީނިއްޔާ ސްކޫލް / ފޮޓޯ: ދެން އިމޭޖްސް

ސުކޫލު ދަރިވަރުންގެ ދަބަސް ބަރުވާ މައްސަލަ ޙައްލުކުރުމަށް މޮނިޓަރ ފޮތުގެ ބަދަލުގައި ދެން ދޫކުރާނީ ބޭރުގަނޑު ތުނި ފޮތްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

މިގޮތަށް ނިންމީ ދަރިވަރުންގެ ފޮތް ދަބަސް ލުއިކުރުމަށްކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހްސާން ވިދާޅުވިއެވެ. މި އަހަރު ދަރިވަރުންނަށް ދޫކުރި ފޮތް ލިސްޓުގައިވެސް ހިމަނާފައިވަނީ ތުނި ކަވަރުލީ ފޮތެވެ. އަދި ފޮތް ވިއްކާ ފިހާރަތަކުން މި ފޮތްތައް މިހާރު ލިބެން ހުރި އިރު، އެ ފޮތްތަކުގެ ބޭރުގައި ސެލޯފިން ކަވަރެއްވެސް ލައްވާފައި ހުރެއެވެ.

ބަރު ފޮތްދަބަސް އުފުލައިގެން ބުރަކަށީގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު ގިނަވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުންވެސް ވަނީ މީގެކުރިން ޙިއްސާކޮށްފައެވެ. އަދި ކުދިންގެ ބަރުދަނަށް ބަރު ދަބަސް ބުރަކަށީގައި އަޅުވާނަމަ، އެކަމުގެ ނޭދެވޭ އަސަރު އެކުދިންގެ ހެދި ބޮޑުވުމަށާއި، ބުރަކައްޓާއި، ކަނދުރާ އަދި މޭމަތީގެ ކާވް އާ ގުޅިފައިހުންނަ ހިސާބުތަކަށް ކުރާނެކަމަށް ކަށީގެ ޚާއްޞަ ޑޮކްޓަރުން ވިދާޅުވެއެވެ.

ބަރު އެއްޗެއް އުފުލާނަމަ، އެ ވާންޖެހޭނީ އެމީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބަރުދަނުގެ 10 ޕަސެންޓަށް ވާވަރުގެ އެއްޗަކަށް ކަމަށް ދިރާސާ ތަކުންވެސް ދައްކައެވެ. މިކަމުގެ ޝަކުވާއަކީ މީގެ އެތަކެއް އަހަރު ކުރިން ފެށިގެން ބެލެނިވެރިންވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

ސުކޫލް ތަކުން ދަރިވަރުންނަށް ޓެބްލެޓް ބޭނުންކުރަން ދޭން ފެށި ފަހުން މި މައްސަލައަށް ހައްލެއް ލިބޭނެކަމަށް ބެލެނިވެރިންނާއި ދަރިވަރުން އުންމީދުކުރި ނަމަވެސް ޓެބްލެޓް ބޭނުންކުރަން ފެށި ފަހުންވެސް ގިނަ މާއްދާތައް ކިޔަވައިދެނީ ފޮތުންނެވެ.

Ads by Ooredoo
  1. ކަނބުލޮ

    ރާއްޖެ ބަނޑަށް ޖެހިފައިވާކަމުގެ ހެކި

  2. މިދެން ކިހާދެރަކަމެއް. ބަލަ މަތީ ގްރޭޑްތަކުގެ ކުދިންނަށް ތި ކަމުނުދޭ. ދެންވީ ބޭބީންނަށް ގަންނަ ތުނިފޮތް ދީގެން ފިލާވަޅަކަށް ފޮތެއް ގަނެގަނެ މާއްދާއަކަށް ޓާމަކު ފޮތް ބަންޑެއްޔެއް ހޯދަންތޯ. އެއީ އިންޓަނޭޝަނަލް ސިލަބަހަކަށް ކިޔަވާ ކުދިންތަކެއް. ތިވަރު ނުވަންޔާ ނަމުގަ ސަބްސިޑީ ކަނޑާލަންވީނު. މިހާރުވެސް ބެލެނިވެރިން ހާދަ ހަރަދެއް އަމިއްލައަށް ކުރަން އެބަޖެހެޔޭ. ކުރިން މާ ރަނގަޅު. 3ން ދަށަށް ތި ދިނަސް އޯކޭ. އެކަމް ކީ ސްޓެޖް 2 އިން މައްޗަށް ރަނގަޅީ މޮނީޓަރ ފޮތް. މިކަން ރަނގަޅުކުރުމަށް ބެލެނިވެރިންނާ މުދައްރިސުންނާ ދަރިވަރުންވެސް ބޭނުންވޭ.

  3. އެހެން

    ޓީޗަރުންލޮލަށްނިދި ނައަނާނެ ތިވީގޮތުން ދެނއޮތިއްޔާއޮތް ބޮޑުފޮތްތަށް ގެންދަންޖެހޭނެ ކޮންމެ ދުވަހަކު ބެލެނިވެރިން
    ބަލަންތިބޭތި

    • ފޮތްތައް ގެންނަނީ ޓައިމް ޓޭބަލް ކޮށްގެން

  4. ކިޔާމީހާ

    ކިޔަވަން ޓެބުލެޓު ބޭނުން ކުރަންފެށުމުން ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކޮށް އައިނު ނުލާ އުޅެވޭ ވަރެއް ނޫން.މާ ގެއްލުން ބޮޑު.

  5. ބަލާއެއް މިއީ. ހަފްތާއަކަށް ފޮތެއް ބެލެނިވެރިން ގަންނަންވި