ޚަބަރު

މަސްކަނޑު ވިއްކައިލުމަކީ ސަރުކާރުގެ އެންމެ ބޮޑު ޚިޔާާނާތް: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަސްކަނޑު ވިއްކައިލުމަކީ ސަރުކާރުން ވެފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށް ޕީއެންސީގެ ނައިބު ރައީީސް، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވެފައި ވަނީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިން ކަނޑައެޅި މައްސަލައަށް އިޝާރާތް ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަނޑުވިއްކައިލި މައްސަލަ މަޖިލީހަށް ހިންދައިނުލެވޭނެ ކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުނަސް، އެމްޑީޕީ ބައިބައި ވިޔަސް، ދިވެހި ޤައުމު އޮންނާނެ. ރާއްޖޭގެ މުސްތަޤްބަލް ހިމާޔަތް ކުރަންޖެހޭނެ."

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި، އިއްވެވި ޙުކުމްގައި ވަނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަޙައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ.

Ads by Ooredoo
  1. ގޮނޑީގައި ސޭލް ގޮޅީގައި ސޭލް !
    މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މާރުކޭޓްގައި ސިޔާސީ މީހުން ސިޔާސީ ގޮޅިތަށް ބެހިފައިވަނީ 4 ކެޓަގަރީއަކަށް !
    1/ ޖީއެމްއާރު ޗޯރުން
    2/ އެމްއެމްޕީއާރުސީ ޗޯރުން
    3/ ވެންޓިލޭޓަރު ޗޯރުން
    4/ ފޯޅަވަހި ޗޯރުން
    މިއިން ކެޓަގަރީއެއްގައި ނުލައްވާ ސިޔާސީ މީހަކު މަދުވާނެ !