ޚަބަރު

ޕީޕީއެމްގެ މެމްބަރުން މަގުމަތިކޮށްފައި، އިންތިޚާބު ބޭއްވޭނެ ކަމަށް ނުދެކެން: ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ިއިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) މަގުމަތިކޮށްފައި، ރިޔާސީ އިންތިޚާބު ބޭއްވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނާޒިމް މިހެން ވިދާޅުވީ، ސަންގު ޓީވީގެ ޝޯއެއްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން، ރައީސް ޔާމީންގެ މައްސަލަ ނިމެންވާނެ ކަމަށާއި، ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވާނީ އޭރުން ކަމަށެވެ.

ވ.އާރަށްގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފ އަޑުއެހުންތައް މިހާރު ހައިކޯޓުގައި ވަނީ ނިމުމަކާއި ހަމައަށް ގޮސްފައެވެ. މި މައްސަލައިގެ އަޑުއެހުމެއް، މިއަދު މެންދުރު ވެސް އެބައޮތެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން މިހާރު ވަނީ ފަށައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!