އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން ގޮވާލާ ބަޔަކާއެކީ ކުރާނެ މަޝްވަރާއެއް ނެތް: މުޙައްމަދު އިސްމާއީލް
އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިން ހުއްޓާނުލާނެ ކަމަށް, ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓްގެ ޗެއަރ އަދި ހޯރަފުށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރާ ދެކޮޅަށް ޕީޕީއެމްއާއި ޑިމޮކްރެޓްސްއާ ގުޅިގެން ވަނީ މަޝްވަރާ ފަށާފައެވެ. މި މަޝްވަރާތައް ކުރިޔަށް ގެންދަމުން ދަނިކޮށް, ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާފަދަ އެއްވެސް ކަމެއް އެއްވެސް ސިޔާސީ ޕާޓީއަކުން ކުރުމަކީ ދަ ޑިމޮކްރެޓްސްއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށާއި، އެކަމަށް އެޕާޓީން އެއްވެސް ވަރަކަށް ތާއީދު ނުކުރާނޭކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން ޑިމޮކްރެސްޓްސްގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ގޮވާލާފައެވެ.
އެ ވާހަކަތަކަށް ރައްދު ދެމުން މިއަދު "ދެން"އަށް މުޙައްމަދު އިސްމާއީލް ވިދާޅުވީ, ކޯލިޝަނަކަށް އަންނަ ބަޔަކު އިންޑިއާ އައުޓް ހުއްޓާލަން ޝަރުތު ނުކުރެވޭނެ ކަމަށާއި, ޕީޕީއެމްއިން އެހަރަކާތް ކުރިޔަށް ގެންދާނެކަން އިނގެންވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މޭޒަށް އަރަންވާނީ, އަރަން ޖެހޭނީ, އިންޑިއާ އައުޓް ހަރަކާތް ހިންގާކަން, ހިންގާނެކަން އިނގިގެން" މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާއިލް ވިދާޅުވީ, "އިންޑިއާ އައުޓް ހަރަކާތަކީ ދިވެހިންގެ ސިޔާސަތާއި މިނިވަންކަން ގެއްލޭތީ ކުރިޔަށްދާ ހަރަކާތެއް" ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ކުރާ ބަޔަކާއެކުގައި "އެއް މޭޒަކަށް އަރައިގެން ވާހަކަ ނުދެއްކޭނެ" ކަމަށެވެ. އަދި އިންޑިއާ ސިފައިން މިރާއްޖޭގައި ތިބިހާ ހިނދަކު, އަދި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެގްރީމެންޓްތައް އޮތްހާ ހިނދަކު އިންޑިއާ އައުޓް ހަރަކާތް ނުހުއްޓާނެ ކަމަށް ވިދާޅުވިއެވެ.
ބަރާބަރު
ދަޑިމޮކްރެޓުސް އަކީ ފޯޅަވަހި ވިއްކާލައިގެން ލިބުނު ފައިސާ ބަހަން ވެގެން އެފައިސާ ގިނައިން ލިބުނު ނަޝީދު ހަދައިގެން އުޅޭ އިންޑިޔާ ގުރޫޕެއް، އެއީ ސިޔާސީ ބަޔެއްނޫން !