ޚަބަރު

ފުއްގިރި މައްސަލަ: މާދަމާއަށް ތާަވަލު ކުރި އަޑުއެހުންވެސް ކެންސަލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިޔަށްދާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހިނގަމުންދާ ޝަރީޢަތުގައި، މާދަމައަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

Ads by Hajj Corporation

މި މައްސަލައިގައި އިއްޔެ ކުރިއަށް ގެންދަން އުޅުނު އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. އިއްޔެގެ އަޑުއެހުން ކެންސަލް ކުރީ، މި މައްސަލައިގައި ދައުވާ ލިބޭ ކްރިކް ރިޒާ ބަލިވުމުންނެވެ.

ފުއްގިރި މައްސަލައިގައި މި މަހުގެ ދެ ވަނަ ދުވަހަށް ތާވަލު ކުރި އަޑު އެހުންވެސް ކެންސަލް ކުރަން ޖެހުނީ ކުރިކު ރިޒާ ބަލިވެ އުޅޭކަން ކޯޓަށް އެންގުމުންނެވެ.

ޢީދު ބަންދުގެ ކުރީގެ އަޑުއެހުންތައްވެސް، ކެންސަލް ކުރީ ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ.

 

  1. ބިރުބޮޑު

    ތިޔައީ ޔާމީނު ކުރިކުރިޒާ ލަށްވާ ކުރުވާ ކަމެއް ޤަސްދުގައި ވަރަށް ވަރަށް ސާފް