Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވައިގަދަވެ، ނައިފަރުގެ ގެއެއްގެ ފުރާޅު އެއްލައިލައިފި

ވައިގަދަވެ، ނައިފަރުގެ ގެއެއްގެ ފުރާޅު އެއްލައިލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ޅ. ނައިފަރުގެ ގެއެއްގެ ފުރާޅު އެއްލައިލައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑެއްގައި، އިއްޔެ ނައިފަރު، "ސުކޫން" ގޭގެ ފުރާޅު މަގުމައްޗަށް އެއްލައިލާފައިވާކަމަށައި، އެ ފުރާޅު މަގުމަތިން ނަގައި އެއްފަރާތްކޮށްފައިވާކަމަށެވެ.

<img class="aligncenter wp-image-189287 size-full" src="https://cdn.dhen.mv/wp-content/uploads/2023/07/IMG_6016.jpg" alt="" width="867" height="579" />

Advertisement
Ooredoo — Square (box)

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއްވައިފައިވެއެވެ.

އަދި ފުރާޅު ނެގުމަށް، އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޮމާންޑު، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖެއަށް ކުރާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އުތުރަށް މިހާރުވެސް ވަނީ ޔެލޯ އެލާޓު ނެރުއްވާފައިވާއިރު،  ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް