ޚަބަރު

ރައީސް ޞާލިޙު އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން: އިޔާޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އެއްބުރުން، ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިފަދައިން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަނީ، 77،700 މެމްބަރުންނާއެކު، އެންމެ ބޮޑު ކޯލިޝަން ހަދައިގެން ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން މިއަދު އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މޮޓިވޭޝަނަލް ސެޝަންއަށްފަހު ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކޯލިޝަންގައި 77،700 މެމްބަރުން މިހާރު އެބަ ތިބި ކަމަށެވެ. އެއީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ ޖުމްލަ އަދަދެވެ.

ރައީސް ޞާލިޙާއެކުގައި ކޯލިޝަން ހަދައިފައިވަނީ، އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ. އެމްޑީޕީ އާއި ވަކިވެ، ރައީީސް މުޙައްމަދު ނަޝީދު ފެކްޝަނުން އައު ސިޔާސީ ޕާޓީ "ޑިމޮކްރެޓްސް" އުފައްދައި، ރިޔާސީ އިންތިޚާބަށް އަންނަނީ ތައްޔާރުވަމުންނެވެ.

Ads by Ooredoo
  1. ހަގޯތިދޭނެ

  2. ކަލެއައް ދެވޭނީ 1 ޥޯޓު އިންގޭ

  3. ސަންފަ

    މިހާރު އަންނިއެކޭ އިޔާޒެކޭ އެއްތާކު މިޖެހެނީ ﷲގެ އިރާދަފުޅާ ނުލާ އިޔާޒުވެސް ތި ބުނަނީ
    އެއްބުރުން ކާމިޔާބު ކުރާނެ ވާހަކަ

  4. ހަތްބޯރާހި

    ތީކިހާހިސާބަކުންް އައިއްސަަ ހުރިި މީހެއްބާާ މިހާރުކަލޭމެންގެެ ސިފަތައްް ފާޅުވެެ އެގެންފަށައިފިި ދަމާކެޑުމަކީީ ހަމަަ ވަރައްް ގުޅޭކަމެެއްް ކުރިޔައްް ހައިވާނުބަގީޗާއާއިގެންކުރިޔައްް

  5. ުޠުއްތު

    މުނާފިގު ކަލޭގެ

  6. އެއްކަލަ މީހާ

    މީ ކޮންފޮތަކުން ނެރުނު ފަތުވާއެއްބާ؟ މީ ލާދީނީ، ސިޔާސީ ރާބުލަލެއް.

  7. ޢަދުނާނު

    މިޤައުމުފަސާދައަށް ދީލާލުމުގައި މި “ޓްރޭޑުމާރކް ޖަހައިގެން ދަމާކަނޑާ އެކަކުވެސް، ތިމާއަށް ލިބުނު ޢަދަދަކާ އަޅާމިނެ، ހެޔޮނިޔަތުގައިމެނުވީ، ދުލުން ބަހެއްވެސް ބޭރުނުކުރާނެ!”

  8. ކުޅިވަރު ކުޅޭ ތަނެއް ހަދަންވެއްޖެއްޔާ ވަރަށް އަވަސްކޮށް އެތަނެއް ހަދާނިމޭނެ، މިސްކިތެއް އަޅާނަމަ އެތަކެއް އަހަރުން ވެސް ނުނިމޭނެ. !