Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންމެ އުފާވަނީ ރާއްޖެއިން ލާދީނީ ފިކުރު ނެތި ދިއުމުން: ޝިޔާމް

އެންމެ އުފާވަނީ ރާއްޖެއިން ލާދީނީ ފިކުރު ނެތި ދިއުމުން: ޝިޔާމް
އެންމެ އުފާކުރައްވަނީ އެމްޑީޕީއިން ލާދީނީ ފިކުރު ފިލައިގެން ދިއުމުން ކަމަށް އެމްޑީޕީއާއެކު މި އިންތިޚާބުގައި ކޯލިޝަން ހައްދަވާފައިވާ އެމްޑީއޭގެ ލީޑަރު, އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމް މިހެން ވިދާޅުވެފައިވަނީ, މިރޭ ކ. މާފުށީގައި ބޭއްވި ރައީސް ޞާލިޙްގެ ކެންޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސިޔާމްގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަކީ ދީނީ ކަންކަމަށް އިސްކަން ދެއްވައި، އެ އުސޫލުން ކަންކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ, މިއަދު ކުރެއްވި ދަތުރުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ސުވާލު ކުރުމުން، އެމްޑީޕީ ބަލައިގަންނަ ސަބަބަކަށް ދެއްކީ، ދީނަށް ފުރައްސާރަ ކުރާ ލީޑަރަކު ނެތުން ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީއާ ދުރުވުން މިސާލު ނަންގަވާ ސިޔާމް ވިދާޅުވީ, އެމްޑީޕީއަށް މި އައި ބަދަލަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެންމެ އުފާކުރާ ސަބަބު ކަމަށެވެ  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް