ޚަބަރު

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން: ރީކޯ މޫސަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި، ބަޣާވާތެއް ނަމަ، އެކަން ކުރި މީހުންގެ ފަހަތަށް ގޮސް އެމްޑީޕީގެ ކުރީގެ ލީޑާރުން ނޫޅުއްވާނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވީ، 2008 ވަނަ އަހަރު ގެނެވުނު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ހީވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ.

"އަނެއްކާ 2018 ވަނަ އަހަރު މި ސަރުކާރު، މި އިންނެވި ރައީސުލްޖުމްހޫރިއްޔާ ހޮވާ ސަރުކާރު ހަވާލުކުރި. ހަވާލުކުރީމަ ދެން މި އެނގުނީ ކުރީ ފަހަރު ބަޣާވާތް އަންނަން މެދުވެރިވި ގޮތް. ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލޭ ހިސާބަށް ދިޔައިމަ އަލިފާން ކަހަލަ ރުޅި އައިސްގެން މީހަކު އަޅުގަނޑުމެންގެ ތެރެއިން ދުއްވައިގަތީމަ މި އެނގުނީ ވީ ގޮތް. ބަޣާވާތެއް ނޫންކަން އެއީ. ބަޣާވާތެއް އައިނަމަ ހުރިހާ ބާޣީން ކޮނޑަށް ލައިގެން ނުހިނގާނެ ނޫންތޯ." ރީކޯ މޫސަ ވިދާޅުވިއެވެ.

ނަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ. އަދި އެ ޕާޓީން މިހާރު ދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާ ވެސް އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ ދެ ޕާޓީއަކީ ރައީސް ނަޝީދު ވެރިކަމުން ވައްޓާލަން މަސައްކަތްކުރި ކަމަށް އޭރު އެމްޑީޕީން ތުހުމަތު ކުރި ދެ ޕާޓީއެވެ.

Ads by Ooredoo
  1. ޢަބްދޫ

    ވެރިކަން ވެއްޓުނީ ބަގާވާތަކުން ބަގާވާތް ގެނައީ ނަސީދު .ބަގާވާތުގަ ނަސީދު ފުރަތަމަ އިއުލާންކުރީ ގާނޫނުއަސާސީ ހުއްޓިފަ އޮތްކަމަށް މާނަޔަކީ ގާނޫނުއަސާސީ އުވާލިކަމަށް ދެން ލިއުނީ ގާނޫނުއަސާސީ ގަޑުބަޑު ބާރުތައް އަތަށްނަގާ އަމިއްލަޔަށް ގައުމު ހިންގާކަމަށް.ލިއުމުގެ ކޮޕީ މިހާރުވެސް އެބައޮތް.ގާނޫނުއަސާސީ އުވާލުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމް ހުސްވާނެ.ދެން ހުންނާނީ ބާގީ ލީޑަރަކު.މިއީ ބަގާވާތަކަށްވާގޮތަކީ