ޚަބަރު

އެމްޑީޕީ ރޫޅައިލަން ރައީސް ނަޝީދަށް އިތުރަށް ކުރެއްވޭނެ ކަމެއް ނެތް: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީ ރޫޅާލާނޭ ކަމުގެ އިންޒާރު އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވިޔަސް ޕާޓީ ރޫޅާލަން އެމަނިކުފާނަށް އިތުރަށް ކުރެއްވޭނޭ ކަމެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދާއި އިތުރު ބަޔަކު "ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްވަކަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނޭ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވައިފައެވެ.

އެޕާޓީ މިހާރު ވެސް އަންނަނީ ރޫޅެމުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޝަރީފް ވިދާޅުވެފައިވަނީ ފާއިތުވި ހަތަރު އަހަރު ރައީސް ނަޝީދު ގެންދެވީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު "ކުޑަކަކޫ" މައްޗަށް ތިރިކޮށް އެމްޑީޕީ ރޫޅާލުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ގެއްލޭ ހިސާބަށް ގޮސްފައިވަނިކޮށް އެމްޑީޕީ ރޫޅައިލަން އެމަނިކުފާނަށް ކުރެވޭނެ ކަމެއްނެތް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައި، އެ ޕާޓީގެ ތެރެއިން އުފެދުނު ބައިބައިވުމާއެކު، ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ އައު ސިޔާސީ ޕާޓީ، ޑިމޮކްރެޓްސް އުފައްދައިފައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތީ އެ ޕާޓީގައި ކަމަށް ރައީީސް ނަޝީދު ކުރިން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!