Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް އުޅުއްވަނީ އެހެން ކެންޑިޑޭޓުންނަށްވުރެ ކުރީގައި: އިމްރާން

ރައީސް އުޅުއްވަނީ އެހެން ކެންޑިޑޭޓުންނަށްވުރެ ކުރީގައި: އިމްރާން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވީ އެހެން ރިޔާސީ ކެންޑިޑޭޓުންނަށް ވުރެ މާ ކުރީގައި ކަމަށް އަދާލަތު ާޕާޓީގެ ރައީސް އިމްރާާން ވިދާޅުވެއްޖެއެވެ. މ. ލަކުގައި ރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ތަރައްޤީ އެންމެ ފުރަތަމަ ފަށަންޖެހޭ ހިސާބު ރައީސަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ތަރައްޤީގެ ވާހަކަ ދެއްކޭނީ ވެސް ގައިން "ތާހިރުވެގެން" ކަމަށާއި، އެކަން ވެސް އެމްޑީޕީގެ އިސް ލީޑަރު، ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާ ކަމަށް އިމްރާާން ވިދާޅުވިއެވެ. އެގޮތުން މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހައި ރަށެއްގެ ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން ކަމަށާއި ތަރައްޤީއާ ހަމައަށް ދެވޭނީ ވެސް އޭރުން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ރައީސް ވައުދުކުރައްވާނެ ކަމެއް ނެތްތާ، ކުރައްވާ ވައުދަށް ވުރެ މާ ގިނަ ކަންކަން އިތުރުވެގެން، ފުރިހަމަވެގެން މިއޮތް އަންނަނީ،" ރައީސް ވިދާޅުވިއެވެ.
އިމްރާން ވަނީ ރައީީސް ޞާލިޙު އަށް މ.އަތޮޅުން ވަރަށް ބޮޑަށް ތާއީދު އިތުރު ވެފައިވާ ކަމަށް ވިދާޅުވެ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީީސްއަށް އެ އަތޮޅުން 60 އިންސައްތަ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، މާޒީގައި އެމްޑީޕީއަށް ވޯޓު ހޯދަން އުނދަގޫވި ރަށްތަކުގެ ޗާޓު ބަދަލުވެފައިކަމަށާއި، ރައީސް ޞާލިހުގެ ވެރިކަމުގައި ރައްޔިތުންގެ ހިތްތައް ހުޅުވައިލައްވައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.        

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް