ޚަބަރު

ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ އިޙްލާސްތެރިކަމާއެކު: އުއްތަމަ ފަނޑިޔާރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަނޑިޔާރުން ކުރައްވާ މަސައްކަތްޕުޅަކީ ޚިދުމަތެއް ކަމަށާއި، އެ މަސައްކަތް ކުރައްވަނީ އިޙްލާސްތެރިކަމާއެކުގައި ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ

Ads by Sosun Fihaara

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، "ކޯޓަށް ފަރިތަ" މި ނަމުގައި ޢާންމުން ހޭލުންތެރިކުރުމަށް ޖުޑީޝަރީން ފެށި ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ

ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުން ކުރައްވާ މަސައްކަތަކީ ޢަދުލު އިންސާފު ޤާއިމް ކުރުން ކަމަށެވެ

އެ މަސައްކަތް ފަނޑިޔާރުން ކުރިއަށްގެންދަވަނީ ޚިދުމަތެއްގެ ގޮތުގައި، އިޙުލާސްތެރިކަމާއެކުކަމަށް ވެސް މުއުތަސިމް ވިދާޅުވިއެވެ

އަދި ޒަމާންތަކެއް ކުރިން ފެށިގެންވެސް އެކަން ކުރަމުންދިޔައީ އެގޮތަށްކަމަށާއި މިހާރުވެސް ފަނޑިޔާރުން ކުރައްވާ މަސައްކަތަކަށް ބަދަލެއް ނާންނަކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ

"މިހާރު ވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އަދުލު އިންސާފު ގާއިމް ކުރުން، އަޅުގަނޑުމެން މި ކުރާ މަސައްކަތް މި ކުރަނީ ހިދުމަތެއްގެ ގޮތުގައި، ވަރަށް އިހުލާސްތެރިކަމާއެކު،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ

އުއްތަމަ ފަނޑިޔާރުގެ ވާހަކައިގައި، ފަނޑިޔާރުންގެ މަސައްކަތުގައި އެންމެ މުހިއްމު އެއް ކަމަކީ، ކޯޓުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެ ޚިދުމަތަކީ ކޮބައިކަން އެނގި، ލުއި ފަސޭހަކަމާއެކު އެ ޚދުމަތް ލިބިގަތުމުގައި ހަމަ ޖައްސަން ޖެހޭ އިންތިޒާމްތައް ހަމަ ޖެއްސުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުންކަން ފާހަގަ ކުރެއްވިއެވެ

  1. މަސްކަޑާން އިންނަ މީހާ ފުރަތަމަ މަސްކަޑާން ފަރިތަވާންވީ އޭރުން މަސްކެޑުން އަވަސްވެ ދެވޭހިދުމަށް ރަގަޅުވާނެ !