ޚަބަރު

ރީކޯ މޫސަ ފައްޔާޒަށް: ޒާތީ ނުވޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް އިސްމާޢިލް ދެއްކެވި ވަހަކަތަކަށް ރީކޯ މޫސާ މަނިކު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އެމްޑީޕީގެ އެތެރޭގައި ރަނިންމޭޓުންގެ ދެބަސްވުންތައް އުފެދިފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން، ފައްޔާޒް ވިދާޅުވީ އޭނާގެ އެއްވެސް ޝައުގެއް ރަނިންމޭޓަށްވުމަށް ނެތް ކަމަށެވެ. އަދި އެ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ރީކޯ މޫސަކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއަރމަންއަކަށް ހުންނަވަން ވާނީ އާންމު މެމްބަރުންނާ ޒާތީނުވެ ޕާޓީގެ މެމްބަރުންނާ އެކު އުޅެވޭ ވަރުގެ މީހެއް ކަމަށެވެ.

“ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާ އަޅުގަނޑާ ދިމާކުރުމަކީ ފައްޔާޒުވެސް ކޮށްގެންވާނެ ކަމެއް ނޫން. ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ” ރީކޯ މޫސަ ވިދާޅުވިއެވެ.

ވެރިކަން ކުރާ އެމްޑީޕީން ރިޔާސީ ޓިކެޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އަރުވާފައިވާއިރު ދެވަނަ ދައުރަކަށް އެމަނިކުފާނުގެ ރަނިންގް މޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރައްވާނެ ބޭފުޅެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo
  1. ފައިޞަލް

    ރީކޯގެ ސަބަބުން ޕާރޓީ ފުޑުފުޑުވާނެ.

  2. ރޫޅެނީ ރޫޅެނީ ރޫޅެނީ ހާދައަވަހޭދޯ ވީދެންފެލެއް؟

  3. އިއްބެ

    ނަމަނަމަ ތި ރީކޯ މޫސާ ކައިރި ނުކުރާތި ތީ އެމްޑީޕީގެ ނިމުން ކަމަށްވެސް ވެދާނެ. ﷲގަންދީ ހުވާ ކޮށްފަ މިބުނީ ރީކޯ މޫސަ ކައިރި ކޮށްފީއްޔާ އިބޫ އަކަށް މަގޭ ވޯޓެއް ނުދޭނަން