ޚަބަރު

ކުޑަ ކުއްޖަކަށް އޮޅިގެން ދިރުވައިލެވުނު އެއްޗެއް ނަގައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފިއެވެ.

Ads by Hajj Corporation

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ، މިކަން ހާމަކުރައްވައި، ޓްވީޓެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން ކުއްޖެއްގެ ފުއްޕާމޭގެ ކަނާއަތު ފަޅިން ކުޅެން ގުންގުޅޭ "ސޮފްޓް ޓޯއީ" އެއްގެ އަޑު ގޮވާ ބައި ނަގާފައިވާ ކަމަށެވެ.

ހާދިސާ ހިނގި ކަމަށް ލަފާކުރެވޭ ގޮތް ހާމަކުރައްވައި ޑޮކްޓަރު ވިދާޅުވީ، އެ ކުއްޖާ އުޅުނީ އޭތި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ، އޭނާގެ ކޮއްކޮއަށް އެ މަންޒަރު ދައްކަން ކަމުގައި ބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް އެކަން ބިރުވެރި ހާދިސާއަކަށްވެ، ނޭގުމެއްގެ ތެރެއިން އެ ކުއްޖާއަށް އޭތި ދިރުވައކލެވުނީ ކަމަށް ވެސް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

އަދި ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގީ އޭގެން އަޑު ގޮއްވަން ފުމެއް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޑޮކްޓަރ ވަނީ، ރުފިޔާ އަދި ޕިން ފަދަ ތަކެތި އޮޅިގެން ދިރުވައިލެވުމުގެ ހާދިސާތައް ރާއްޖޭގައި މަދުން ނަމަވެސް ހިނގާކަން ފާހަަގަކުރައްވައިފިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!