Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން، ފާރިސް މައުމޫން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ރައީސް މައުމޫންގެ އެމްއާރުއެމް އިން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާކަން ވަނީ "ދެން"އަށް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިޚާބަށް ފާރިސް ނިކުންނެވުމަށް ނިންމަވައި، އިދާރީ ބައެއް މަސައްކަތްތައް ވަނީ ފައްޓަވާފައެވެ. އެގޮތުން ރެކޯޑު ސާފުކުރުން ފަދަ މަސައްކަތްތައް މިހާރު ފާރިސް ވަނީ ފައްޓަވާފައެވެ. އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ އެމްއާރުއެމް އުވާލިކަމުގައިވިޔަސް އެޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީއިން ބުނެއެވެ. އެމްއާރުއެމްގައި ޤާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް