ޚަބަރު

ޖެންޑާ މިނިސްޓަރު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އެމްޑީޕީއަށް ސޮއި ކުރެއްވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއިކުރެއްވި އިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަށް ތާއީދު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މިނިސްޓަރ ⁦‪އައިޝާ ވަނީ‬⁩ މިއަދު 85 މެންބަރުންގެ ފޯމު ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކޮށްދެއްވައިފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

 

Ads by Ooredoo
  1. ދެން އެއްޗެއް ލިބެން އޮތީ އެމްޑީޕީއަށް ވަދެގެން ކަމަށް ވާނަނަ އެކަން ވެސް ކުރަން ޖެހޭނެތާ !

  2. ޙަފްސާ

    މަރުޙަބާ އައިޝާ.