ޚަބަރު

ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވީ ނަތީޖާ ނުނެރެވޭނެ ކަމަށް ފެންނާތީ: މަހްލޫފް 

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ:ސަން

ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވީ ނަތީޖާ ނުނެރެވޭނެ ކަމަށް ފެންނާތީ ކަމަށާއި ފައިސާ ނެތިގެން ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮމަންވެލްތުގެ ގޭމްސްގައި ރާއްޖެއިން ބައިވެރި ނުވީ ފައިސާ ނެތިގެން ކަމަށް ބުނެ ފެތުރެމުންދާ ހަބަރު ދޮގުކުރައްވާ މަހްލޫފް ވިދާޅުވީ ކޮމަންވެލްތު ގޭމްސްގެ ގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށެވެ.

"އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ" މަހްލޫފް ވިދާޅުވިއެވެ.

އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!