މިރޭ 10 ސިކުންތައް ހަވާ އަރުވާނެ
މިރޭ މާލޭގައި 10 ސިކުންތަށް ހަވާ އަރުވަން ނިންމާފައިވާ ކަަމަށް އެެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ނިމިވަން ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ކުރިޔަށްގެންދާ މިލޮޓަރީ ޕެރޭޑް އަދި ޕްރެސެޝަން މާދަމާ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެ ކަމަށެވެ. އަދި މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުން ފަށާ ޕެރޭޑު ފަސް ސަރަހައްދަކަށް ހުއްޓާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން ސިފައިން ހުށަހަޅައިދޭ މިއުޒިކަލް ޑިސްޕްލޭގެ ތެރެއިން ގާރްގަޑަކަށް ހަވާގެ ޝޮޓްތަކެއް މިރޭ 22:30 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި ފެނިގެން ދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިނިވަން ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ހަވާ އަރުވާފައެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ބާއްވައެވެ. މި އަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ހެވިކަމާއި ކުޅިވަރުތައް ޖުލައި 26 ވާ ބުދަދުވަހުގެ ރޭ 20:30 ގައި ގަލޮޅު ދަނޑުގައި އޮންނާނެއެވެ.
އަދި ޕެރޭޑާއި ރޫޓްމާޗު 27 ޖުލައި ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވަން ހަމަޖެހިފައިވާއިރު ފުޅަނދުބުރުގެ ހަރަކާތްތައް 27 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ.
މީގެ އިތުރުން މިނިވަން އުފާ ކާނިވާ 28 ޖުލައިން 4 އޯގަސްޓަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާނެއެވެ. އަދި ޕެރަމޮޓޯރގެ ހަރަކާތްތައް ޖުލައި 28 އަދި 29 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.