ރައީސް ޔާމީންގެ ނިންމުން ބަދަލު ކުރަން އުޅޭ ކަމަށް ބުނެ މުއިއްޒަށް މަރުގެ އިންޒާރު

ޕީޕީއެމްގެ ނައިބު ރައީސް, މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދީފިއެވެ.
މުއިއްޒުއަށް މަރުގެ އިންޒާރު ދީފައިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ނިންމަވާފައި ނިންމުން ބަދަލު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެއެވެ. މުޢިއްޒުގެ ފަރާތުން މި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މަރުގެ އިންޒާރުދިން މެސެޖް ފޮނުވާފައި އޮތީ މުއިއްޒުގެ ގޮތުގައި އަނބިކަނބަލުންގެ ފޯނަށެވެ. މެސެޖްކޮށްފައިވަނީ ތައިލޭންޑްގެ ނަންބަރަކުންނެވެ.
މުއިއްޒުގެ އަންހެނުންނަށް ފޮނުވާފައިވާ މެސެޖްގައި ބުނެފައިވަނީ ޔާމީންގެ ނިންމުން ބަދަލުކުރަން މުއިއްޒު އެއްވެސް ވަރަކަށް ވިސްނަވައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށް ބުނެފައިވެއެ.
<img class="alignnone wp-image-192166 size-large" src="https://cdn.dhen.mv/wp-content/uploads/2023/08/371056_3_ed375c66f23f46dbc375cc2f848760dcb5636bb0_large-1024x660.jpeg" alt="" width="1024" height="660" />
އޭގެ އިތުރުން ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ވެސް ޑރ. ޖަމީލް ކަމަށް މެސެޖުގައި ބުނެފައި އޮތެވެ. އަދި ޕްލޭން ބީ އާއި އާއި އަދި ސީ އަކަށް ވެސް ވާނީ މެސެޖުގައި ބުނެފައިވާ ގޮތުން ޔާމީންގެ ނިންމޭ ބުނެފައިވެއެވެ.
<img class="alignnone wp-image-192167 size-large" src="https://cdn.dhen.mv/wp-content/uploads/2023/08/371057_3_0585890fd19afdb714e4c69393c97eeb4eab2c70_large-1024x662.jpeg" alt="" width="1024" height="662" />
މެސެޖްގައި އިތުރަށް ބުނެފައިވަނީ އެ ޕްލޭންއާއެކު ކުރިޔަށް ގޮސްފިނަމަ މުއިއްޒަކީ ޣައްދާރެއް ކަމަށް ނިންމާނެ ކަމަށާއި, އެ ހިސާބުން ދެން ކަމެއްގެ ޒިންމާ ނުނެގޭނެ ކަމަށެވެ. އަދި މުއިއްޒުގެ ޓީމުގެ މަސައްކަތްތައް ވެސް ބަލައި ނުގަންނާނެ ކަމަށާއި މެސެޖް ފޯރުކޮށްދޭން ވަނީ ބުނެފައެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް މިއަދު ހުށަހެޅި ނަމަވެސް އިލެކްޝަނުން ފޯމު ބަލައިގެންފައިނުވެއެވެ.
ރިޔާސީ އިންތިހާބަށް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި މުއިއްޒު ހިމެނިވަޑައިގަންނަވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ނަމަވެސް މުއިއްޒު މިކަން ދޮގު ކުރެއެވެ.






ކޮމެންޓް