ޓެރަރިޒަމްގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ މިންވަރު ބެލުމަށް ގަރާރެއް
ރާއްޖޭގައި ޓެރަރިޒަމަށް ފަންޑުކުރާ މީހުންނާއި ޓެރަރިސްޓުން ތިބިކަމަށް ބުނެ އެމެރިކާއިން ނެރުނު ރިޕޯޓުގެ ސަބަބުން ދިވެހި އިގްތިސާދަށް ގެއްލުންވާނެ މިންވަރު ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެމެރިކާގެ ރިޕޯޓުގައި ރިކޮމެންޑޭޝަންތަކެއް ހުރި ނަމަވެސް އެ ރިކޮމެންޑޭޝަންތަކާއި ގުޅިގެން އަމަލުކޮށްފައިވާ މިންވަރު ސަރުކާރުން ހާމަކުރުން މުހިންމު ކަމަށެވެ.
އަދި, އެމެރިކާގެ ރިޕޯޓުގައި ބުނާ ކަންކަމަކީ ދިވެހިންނާއި އިގްތިސާދަށް ވެސް ގެއްލުން ހުރި ކަންކަން ކަމަށް ވާތީ ޓެރަރިޒަމް ރާއްޖޭގައި އޮތް މިންވަރު ދިރާސާކުރުން މުހިންމު ކަމަށް ވެސް ބުނެފައި ވެއެވެ.
ނާޒިމް ގަރާރެއް ހުށަހަޅާފައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވެދޭ ކަމުގެ ތުހުމަތުގައި 20 ދިވެހިންނާއި 29 ދިވެހި ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރެއިން އެސެޓްސް (އޯފެކް) އިން ނިންމުމާއި ގުޅިގެންނެވެ.
މި މީހުންނާއި ކުންފުނިތަކަށް ތުހުމަތުކުރަނީ އައިސިސް އާއި އަލްގައިދާ ފަދަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާގެ ގޮތުން އެހީވެދީ ޓެރަރިސްޓުންނަށް ހިތްވަރުދޭ ކަމަށެވެ.
ކަލޭމެން ސިޔާސީ މީހުން ސިޔާސީ ނޫސްވެރިން ލައްވާ ސިޔާސީ ބެނުމަށް ހަދާ ރިޕޯޓް ތިޔައީ އަހަރުމެން އަތުގައިވެސް ރިޕޯޓް ތަކާއި ލިސްޓު އެބަހުރި، މިރާއްޖޭގައި ތިބި އެންމެ ބޮޑު ނިރުބަ ވެރިންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !