Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުޅި ހަޔާތުގައި ވެސް އެންމެ ކެތްތެރި އިންސާނަކަށް ފެނުނީ ރައީސް ޞާލިޙް

މުޅި ހަޔާތުގައި ވެސް އެންމެ ކެތްތެރި އިންސާނަކަށް ފެނުނީ ރައީސް ޞާލިޙް
ދުނިޔޭގެ ހަޔާތުގައި މިހާތަނަށް ދިމާވި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުހާ ކެތްތެރި މީހަކާއި ދިމާނުވާކަމަށް އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ. ހދ. ހަނިމާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ސިޔާމް ވިދާޅުވީ ދުނިޔޭގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އިންސާނުންގެ ތެރެއިން އެހާ ކެތްތެރި ބޭފުޅެއް ރައީސް ސޯލިހު ފިޔަވާ ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
ހަމަ ނުފެންނަނީ. އަޅުގަނޑު ހިތާ ހިތާއި ސުވާލު ކުރެވޭ އަޅުގަނޑަށް އެ ކެތްތެރިކަން މާތްﷲ ދެއްވާނެ ބާއްވައޭ. އަޅުގަނޑު ދުއާ ވެސް ކުރަން،
ސިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް އެކިއެކި މީހުންނާއި ދިމާވެ، ސިޔާސީ މައިދާނުގައިވެސް ގިނަބަޔަކާއި އެކު މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ރައީސް ޞާލިހުހާ ކެތްތެރި މީހަކާއި ދިމާ ނުވާކަމަށެވެ. ސިޔާމް ވިދާޅުވީ ކޯލިޝަންގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި، ދަތިތަކާއި، ޝަކުވާތަށް ކެތްތެރި ކަމާއިއެކު އަޑުއަހައި އެއްވެސް މީހަކަށް އަދި ޕާޓީއަކަށް ދެރަގޮތެއް ނުހައްދަވައި އެކީގައި ގޮވައިގެން ގެންގުޅުމަކީ ރައީސް ޞާލިހު ނޫން ވެރިއަކަށް ވާނެ ކަމެއް ނޫންކަމަށެވެ.
އަޅުގަނޑުގެ އުމުރުން މިވީހާތަނަށް މިހާތަނަށް އިންސާނުންގެ ތެރެއިން މިހާ ކެތްތެރި ވެރިއެއް ނުފެނޭ. މިއީ ކެތްތެރި ކަމުގެ ލާމަސީލު މިސާލެއް. އެހެން ވެގެން އަޅުގަނޑުމެން ރައީސް ޞާލިހު ހޮވަންވީ.
ސިޔާމް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ ރައީސް ޞާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވުމަކީ ސިޔާސީ ވާދަވެރި ފަރާތްތަކަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ. އެބޭފުޅުންވެސް މިހާތަނަށް ގެންގުޅުއްވި ވެރިއަކީ ރައީސް ޞާލިހު ކަމަށެވެ. ރައީސް ޞާލިހު ނޫން ވެރިއަކު އިންތިޚާބު ވެއްޖެނަމަ ޤައުމަށާއި ރައްޔިތުންނަށް އެކަމުން ގެއްލުން ވާނެކަމަށް ސިޔާމް ވިދާޅުޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް