Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން ވާދަކުރައްވަނީ

ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަގޮތުން ވާދަކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުް ވާދަކުރެއްވުމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ނިންމަވައިފިއެވެ.

ފާރިސް ދެންމެ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މަގްސަދުގައި އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން އިއުލާނުކުރާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ފާރިސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރައްވަން ހުށަހަޅަން ޖެހޭ 1,500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއާރުއެމުން ވިދާޅުވީ އީސީއަށް ހުށަހަޅަން ބޭނުންވާ އަދަދަށް 1،500 މީހުންގެ ތާއީދު ސޮއި ފާރިސް މިހާރު ހަމަކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އިތުރަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަނުވުމުން އެމްއާރްއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެކަން ބަލައިނުގަނެ, އެމްއާރުއެމުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް