ޚަބަރު

ހަރު އަޑުން ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ ރައީސް ނަޝީދު ވިދާޅުވީ އިޙްތިޖާޖަށް ނުކުންނަވާނެ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"އެމްއެމްޕީއާރްސީގެ ވައްކަމުގައި 273 މީހުން ހިމެނޭ. އެހެނަސް އޭގެ ތެރެއިން އެކަމުގައި އެކިޔުއްވާ އެންމެ ބޭފުޅަކު ގެންގޮސް ހިފާ ހައްޔަރުކޮށް 5 އަހަރުވީމާ، ދެން އެއީ އިންސާފުކަމުގައި އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭނެ. ރައީސް ޔާމިން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން!" 

"އަޅުގަނޑުމެންނަށް އިނގޭ މީހުން ޖަލުން ނެރެން. އަޅުގަނޑުމެން އެމްޑީޕީގައި އުޅުނު އިރުގައި ފައްކާކޮށްފައި އޮތް ނިޒާމެއް އެއީ ޖަލުން ނެރުމުގެ ނިޒާމު. އަޅުގަނޑުގެ ރަޙްމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެން އިޙްތިޖާޖުގައިވެސް ބައިވެރިވާނަން. ބައިނަލްއަޤްވާމީ ފަރާތްތަކާއެކުގައި ވާހަކަދައްކަންވެސް ދާނެ. އެކިއެކި ބައިނަލްއަޤްވާމީ ވަކީލުން ރާއްޖެ އައިސް ވަކާލާތުވެސް ކުރައްވާނެ."  

އަޅުގަނޑު މިރޭ ޕީޕީއެމްގެ މެންބަރުންގެ އަރިހުގައި އިޚްލާސްތެރިކަމާއެކު ދަންނަވަން އޮތް ނުކުތާއެއް އެބައޮތް: ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި. ތިޔަބޭފުޅުން ވިސްނުންތެރިކަމާ އެކީގައި މިވޯޓުގެ ކަންތައް ގެންދަވާތި. އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ކަނުލާ އައްސަވާ ވިސްނަވާތި: ދެވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓުލާންޖެހޭ ގޮތެއް އެބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!