ޚަބަރު

މުޢިއްޒު އަކީ ރައީސް ޞާލިޙްގެ އެޖެންޓެއް, ޕީޕީއެމްގެ ސެނެޓް ގަތީވެސް ރައީސް ޞާލިޙް ފައިސާ ދީގެން: އާޒިމް 

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑރ.މުހައްމަދު މުއިއްޒު އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެޖެންޓެއް ކަމަށާއި ޕީޕީއެމްގެ ސެނެޓް މުއިއްޒު ގަތީވެސް ރައީސް ޞާލިޙް ފައިސާ ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒު އަކީ ރައީސް ޞާލިޙްގެ އެޖެންޓެއް ކަމަށާއި ކޮޓުތަކުގައި ހުރި މުއިއްޒުގެ މައްސަލަތައް ނަގައިދީގެން ރިކޯޑް ސާފުކޮށްދިނީ ވެސް ސަރުކާރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމައިދިނީ. ޕީޕީއެންގެ ސެނެޓް މުއިއްޒު ގަތީ އިބްރާހީމް ފައިސާ ދީގެން" އާޒިމް ވިދާޅުވިއެވެެ.

އާޒިމްގެ ޓްވީޓުގައި ވަނީ މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއް ހިއްސާކޮށްފައެވެ. މުޢިއްޒު ވިދާޅުވީ ރިޝްވަތު ނެގުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވަވާ ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޞާލިޙަށް ގުޅައި ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ރައީސް ޞާލިޙަށް ގުޅިން މީގެ ދެދުވަސް ކުރިން ވެސް. ގުޅާފަ ދެންނެވިން ރައީސްއޭ ތިބޭފުޅުން ބޭފުޅުވެލެއްވީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ގޮތް ހެދުމޭ. މިހާރު ޔަގީންވީ އެއް ނޫންހޭ. ދެން އެމަނިކުފާނު ގެއަށް ގެންގޮސްދެއްވުމަށް އަޅުގަނޑު އާދޭސްކޮށް ދަންނަވަމޭ" މުއިއްޒު ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. އެއްކަލަ މީހާ

    ކަލޭދެން ވާހަކަނުދައްކާ ކަލޭގެ ސިޔާސީ އިރު ަންނިބެއާއެކު އޮއްސިއްޖެ. ދެން ރަނގަޅުވާނީ ތިގޮތަށް ޚިޔާލީ ފޮލާ ކައްކަން ހޮޅުއަށިތަކުގައިނުން. ކަލޭބޭނުންހާގޮތެއް ހަދާނުދިނީމާ މުއިއްޒަކީ އިބްރާހިމުގެ އެޖެންޓަކަށް ވެއްޖެ. މީގެކުރިން ކަލޭ އިބްރާހިމްގެ އެޖެންޓަކަށް ހުރެގެން އިބްރާހިމަށް ދިޔާތަކެތި އުފުލާދިން އިރު ކަލޭތީ އިބްރާހިމްގެ އެޖެންޓކަށް ނުވޭތަ؟ 4ކޭކިޔާބަލަ.

  2. ޢަޒްރާ ޢަލީ

    ޕޕ އެމްގެ އިސް ފަރާތްތަކެއް ރައީސާ ބައްދަލުކުރަން ކިތައްފަހަރު ދިޔަތޯ އެހެންވިއްޔާ އެވެސް ލާރިދީގެންދޯ

    • ފިތުނަ އުފެއްދުމަށް ފާޑުފާޑުގެ ވާހަކަ ދެއްކިއަސް ޤަބޫލު ކުރާނެ މީހަކު ނުހުންނާނެ. ޑރ.މުޢިއްޒު އަކީ ތައުލީމީ ޤާބިލް އިސްލާމް ދީން ދެކެ ލޯބިވާ އަޚްލާޤު ރަގަޅު މާތް ސިފަތަކެއް ލިބިފައިވާ ހަރުދަނާ ދިވެހި ދަރިއެއް.

  3. ކިނބޫ

    ޒައިދު އާ އިޔާޒު ގާތުން ފިލާވަޅު ނަގައިގެން ހެންވޭރު ކަޅޭ އެނުކުތީ.ކކކކހހހ

  4. ާަަައަހުމަދު

    ތަންތަން ފަސާދަކުރަން މަސައްކަތް ނުކުރުން ރަގަޅު ވާނެ.