ޚަބަރު

އަވަގުރާނަ ގޮވުމުން ރަފިއްޔާއަށް ގިނަ ބައެއްގެ ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ރޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް އެންޑީއޭ) ގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ބޭއަދަބީ ވާހަކަތަކެއް ދެއްމެވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

ގދ. ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި އޭނަ ވަނީ މާލޭގައި ކުރިން އިންދި ފެންފޯއްރުއްތަކާ ގުޅުވައިގެން "އަވަގުރާނަ" ގޮވައިފަ އެވެ. ވަރަށް ޖޯޝްގައި ރަފިއްޔާ ވާހަކަ ދެއްކެވި އިރު، އެކަހަލަ ކަންކަން ކުރަންޏާ "…ފައިން ވެސް އެރޭނެ" ކަމަށް ވިދާޅުވެފައިވެއެވެ.

އަންހެނަކު ސިޔާސީ ޕޯޑިއަމެއްގައި ގިނަ ބައެއްގެ ކުރިމަތީގައި މިގފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ރަފިއްޔާ އަށް ވަރަށް ގޮނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެ އެވެ. އޭގެ ތެރޭގައި ބައެއް އާންމުންނާއޮ ދީނީ ބައެއް އިލްމުވެރިން ވެސް ހިމެނެއެވެ.

އެގޮތުން ޝެއިހު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ރަފިއްޔާ ދެއްކެވި ވާހަކަތަކުގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުކުރެއްވިިޔާމުން ރާއްޖޭގެ ތާރީޚް ބަދަލުކުރައްވާނެ ރައީސަކީ ވެސް މިއީ. ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ދެވަނަ ދައުރަކަށް ހުވާ ކުރައްވާނެ ރައީސް. އެހެންވީމާ ތި ބޭފުޅުން އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް،" އޭނަ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!