Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑރ.ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ޑރ.ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު, އިދިކޮޅު ޕްރޮގްރެވިސް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިވެ ވަޑައިގެންފިއެވެ.

ޕީޕީއެމްގެ މެމްބަރު ކަމުގެ އިތުރުން ވަހީދު ވަނީ އެ ޕާޓީގެ އެޑްވައިޒަރު ކަމުގެ މަގާމުން ވެސް މިރޭ އިސްތިއުފާ ދެއްވާފައެވެ. އެކަން ހާމަކުރައްވާފައިވަނީ މިރޭ އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމާ އެމަނިކުފާނު ގުޅިފައިވަނީ މީގެ 10 އަހަރު ކުރިން، ޤައުމީ ހަމަޖެހުން ޤާއިމުކޮށް، ތަރައްޤީގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުންގެ ކުރިއެރުމާއި އިޤްތިޞާދާއި ޑިމޮކްރަސީ ހަމައަކަށް އެޅުމަށްޓަކައި،  އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި ހުނަރާއި ތަޖުރިބާއާއި ޢިލްމުގެ ބޭނުން ހަމަޖެހުމާއި، އިޚްލާޞްތެރިކަން ހުރި ތަނެއްގައި ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކާމިޔާބީއަށް މަގުފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ކުރިއެރުމާއި ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި، ދެމެހެއްޓެނިވި ކުރިއެރުމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް