ޚަބަރު

ވަށަފަރުގެ ރައްޔިތުން އެދޭ ހުރިހައި ކަމެއް ކޮށްދޭނަން: މުއިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހއ.ވަށަފަރުގެ ރައްޔިތުން ބޭނުންވާ ހުރިހައި ކަމެއް ހާސިލުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ވަށަފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ތަރައްގީ ގެނައުމުގައި، އާބާދީގެ ބޮޑު އަދި ކުޑަ މިނަށް ސަރުކާރަކުން ބަލަން ނުޖެހޭނެ ކަމަށާއި ހުރިހައި ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަށަފަރަށް ތަރައްގީ ގެނެސްދެއްވިކަން ފާހަގަކުރައްވައި، ޕީޕީއެމް-‏ޕީއެންސީގެ ވެރިކަމެއްގައި، އެރަށުން އެދޭ ހުރިހައި ކަމެއް ކޮށްދެއްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"ސިޓީ ހޮޓަލެއްގެ މަސައްކަތް އެބައޮތް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ސިޓީ ހޮޓަލަކީ އަޅުގަނޑުމެންގެ ވެރިކަމުގައި ފުރަތަމަ ހަ މަސް ތެރޭގައި ހުޅުވޭ ތަނަކަށް ވެގެންދާނެ."

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ވަޒީފާ އިތުރު ކުރުން ކަމަށްވެސް މާލެ ސިޓީގެ މޭޔަރުގެ މަޤާމުގައި މިވަގުތު ހުންނެވި މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ވަޒީފާ ބޭނުންވާ އެންމެންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!