Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސާހިލްގެ ވަކީލު މައްސަލައިން ތަނާޒުލް ވެއްޖެ

ސާހިލްގެ ވަކީލު މައްސަލައިން ތަނާޒުލް ވެއްޖެ

މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސާހިލް ޢަލީއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު މައްސަލައިން ތަނާޒުލުވެއްޖެއެވެ.

ޏ.ފުވައްމުލަކު/ކުރި, އުމުރުން 22 އަހަރުގެ ޝިއާ މަރާލައިފައި އޮއްވާ ފެނުނީ ސާހިލް ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. ޝިއާ މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޝިއާ މަރާލައިފައި އޮއްވާ ފެނުނު މައްސަލައިގައި ފ.ނިލަންދޫ/ފިނިފެންމާގެ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 28 ގައެވެ.

Advertisement
Allied — Dhen Online (box)

ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި އިތުރު ދެ ދައުވާއެކެވެ.

އެ ދައުވާގެ ތަފްސީލު ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މި މައްސަލާގައި މި މަހުގެ ނުވަ ވަނަ ދުވަހު ދައުލަތުން ސާހިލްއަށް ހަމަޖައްސައިދިން ވަކީލު މައްސަލައިން ތަނާޒުލުވެފައިވާ ކަމަށެވެ.

ސާހިލްއަށް އިތުރު ވަކީލަކު ހަމަޖައްސައިދޭން އަދި ފަސްވަރަކަށް ދުވަސްވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

 

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް