Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކޮށްފި

އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކޮށްފި
މިދިޔަ މެއި/ޖޫން މަހުގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކޮށްފިއެވެ. މި އަހަރު 6106 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހެނދުނު 9:00 ގައި އަދި އައިޖީސީއެސްސީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރުތަކަށް ފޮނުވައިފައިވާ ކަމަށެވެ.
އަދި އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންނަށް މެންދުރު 12:00 ފެށިގެން ނަތީޖާ ދޫކުރަން ވަނީ ފަށައިފައެވެ.
އިމްތިހާނުގެ ނަތީޖާ ރީޗެކްކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް އިމްތިހާނު ހެދި ސެންޓަރަށްހުށަހަޅައިގެން އެކަން ހަމަޖެއްސޭނެއެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް