މުއިއްޒުގެ އާ ވައުދެއް ނެތް, ވައުދުތަކަކީ މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް އާ ވައުދެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މުއިއްޒަކީ ސަލަފުގެ ކެންޑިޑޭޓްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ މުއިއްޒު ރަށްރަށުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، އާ ވައުދެއްވަޑައި ނުގެން، މުޅިން ވެސް ދައްކަވަނީ މި ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ވާހަކަ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އާ ކަންތައްތަކެއް ހުށަހެޅުއްވުމުގެ ބަދަލުގައި މުއިއްޒު ދެން ދައްކަވަނީ މި ސަރުކާރުން ހިންގައި ނިންމާފައިވާ މަޝްރޫއުތަކެއް އަލުން ހިންގަވާނެ ވާހަކަ ކަމަށެވެ.
"އަޅުގަނޑުމެންގެ ވާދަވެރި ކެނޑިޑޭޓް, ޕީއެންސީ ސަލަފުގެ މުއިއްޒު, މި ބޭފުޅާ ތަންތަނަށް އަރުއްވާ ވައުދުވެވަޑައިގަންނަވާ އިރު, އަޅުގަނޑުމެން ހަމަ ތިބޭފުޅުންނަށް ދަންނަވަން ކޮންމެ ފަހަރަކު ވެސް ވައުދެއް މި ވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއަކާ ބެހޭ ގޮތުން."
މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވި ގޮތުގައި މިފަދަ ސަބަބުތަކާ ހެދި މުއިއްޒު ވެރިކަމަށް ގެންނަން ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އިންތިހާބު ފަސޭހަކޮށް ކާމިޔާބު ކުރައްވާނީ ރައީސް ސޯލިހު ކަމަށާއި އެކަމާ އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުގެ މެނިފެސްޓޯ މާދަމާ ރޭ ހުޅުމާލޭގައި ލޯންޗްކުރަން ހަމަޖެހިފައިވެއެވެ.
އެމްޑީޕީގަވެސްއާވަޢުދެއްނެތް.ޔާމީނު ސަރުގެ ވަޢުދުތަށްފެންނަނީ..ދުނިޔޭގަ މިހާރު އާކަމެއްނުކުރެވޭނެ!ކޮންމެވެސް ބަޔަކު ކުރިކަމެއްކުރެވޭނީ..ވަގުތާ ހާލަތު އާވާނީ..ވިސްނާލައްވާ!
އިސްލާމް ދީން އިނގިރޭސިބަހުން ކިޔަވައިދިނުންފަދަ، ގިނަ މީހުނަށް ކަމުނުދާ ކަންކަން ކުރާން މާރިޔާ ކަހަލަ ލާޤައުމީ ޕަޕެޓުންގެ ސަރުކާރެއް ރާއްޖޭގައި ބާއްވާކަށް ނުޖެހޭ.
އުވާވެރި އަމާން ދިވެހިންގެ ރާއްޖެ ހޯދަން ޑރ މުއީޒަށް ވޯޓްދީ ވޯޓް ފޮށިތަށް ފުރާލަންވީ !
ތިބުނީ ހަމަ ރަނގަޅަށް. ޞޯލިޙު ގޯތިދޭއިރަށް އެގޯތިތައް ދޭނަމޭ ބުނި. ބުރިޖު އަޅާތީ އެ ބުރިޖް ނިންމާނަމޭ ބުނި. އެއަރޕޯޓް އަޅާތީ އެއަރޕޯޓު އަޅައިދޭނަމޭ ބުނި. ރަށްރަށުގެ ބިން ހިއްކާ ފުޓްސަލް ދަނޑުތައް އަޅާތީ އެކަންވެސް ކޮށްދޭނަމޭ ބުނި. ދެން ބުނަނީ ޞޯލިޙު ކުރަާ ބައެއް ކަންތައް ހުއްޓުވާފަ ޖަލަށް ޙުމްކޮށްފަ އޮތް ވަގު ސަލާމަތް ކުރާނަމޭ. މައިގަނޑު މުހިންމު ވަޢުދަކީ މުލި ވަގު ޖަލުން މިނިވަންކުރުން. އެކަމަކު އެކަންވެސް ކުރަން ޖެހިލުން ވެދާނެ ޖަލުން ނެރެފިނަމަ ވެރިކަން އތުލައިގެންފާނެތީ.
މާރިޔާ މީގައުމުގެ ޑިފެންސުމިނިސްތަރުބާ ނޫނީ މި ގުންޑާސަރުކާރުގެ މިނިސްޓަރުބާ! މާރިޔާ ތިގޮވާ އާކަމެއް މުއިއްޒަށް ކުރަންނޭގޭ ވާހަކައަކީ ރަނގަޅު ވާހަކައެއް، މީދިވެހިރާއްޖެ މީދިވެހިން، އެހެން ވެއްޖެނަމަ އާކަމެއް ކުރާކަށް ބޭނުމެއްވެސްނުވާނެ، ހަމަކުރާނީއެއްކަމެއް އޭގެ އިތުރުން ގުންދާމާރުޔާމެން ސަރުކާރަށް އައިސްފާ ކުރީ ރޔާމީންކުރައްވާފަހުރި ކަންތައް އާކަމެއް ކުރިތަނެއް ނުފެނޭ ބިންހިއްކުން ބުރިޖު އެޅުން ފެނާނަރުދަމާ ގާއިމުކުރުން ބަނދަރު ހެދުން މީގަ އެައޮތްތަ އާކަމެއް ކޮށްފަ! ނޫން ނޫން އެބައޮތް އާކަންތައްކޮށްފާ އިންޑިއާއަށް މިގައުމު ދަރުވާފައެބައޮތް އަޅުވެތިކޮށްފަ އެބައޮތް އެކަމުން ގައުމަށް ވަނީ ގެއްލުން ދެން މާރިޔާދޯ، މާރިޔާވެސް އެބައޮތް އާކަންތައްތަކެއް ކޮށްފާ އެއީ އެހެންއަނަހެންމެންބަރުން ނުކުރާއެތައްކަމެއް ކޮށްފި މާރިޔާ 1 ގާނޫނު އަސާސީއަށް ކޮޅުފައިން އެރުން 2 މަޖުލިސގެ ކޮނޕިއުޓަރުތަކާ ގނޑިތަކާ އެއްޗއްސަށް ގެއްލުންދިނުން ޗެމްބަރު ކާރީގަ އަޑުގަދަކޮށް ހަޅޭއްލަވާ މަޖިލިސް ރައީސަށް ދުއްތުރާކުރުންއޭރުގާތިބި ފުލުހުންނާސިފައިންގެ އަބުރާބެހި ނަންސިފަކޮށް ހަޑިހުތުރުބަހުންމުއާމަލާތްކުރުން. މީ މާރިޔާކޮށްފާވާ އާކަންތައްތައް.