ޚަބަރު

ދެން ސާވޭ: ގިނަ ދިވެހިން ބުނަނީ މިއީ ޑރ. މުޢިއްޒުގެ ފަހަރު ކަމަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިމަހުގެ 21 އިން ފެށިގެން 29އަށް މާލެއާއި, ރާއްޖޭގެ ބޮޑެތި އާބާދީތަކުގައި "ދެން އޮންލައިން" އިން ކުރިޔަށް ގެންދިޔަ ސާވޭއިން, ގިނަ ދިވެހިންގެ ތާއީދު މިފަހަރު އޮތީ, ޕީއެންސީގެ ޓިކެޓްގައި ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކަމަށް ދައްކައިފިއެވެ.

Ads by Hajj Corporation

މި ސާވޭގައި ޖުމްލަ, 6,804 ބައިވެރިންނާ, މާލެ, ހުޅުމާލެ, ވިލިމާލެ, ޏ. ފުވައްލުމަށް, ގދ. ތިނަދޫ, ލ. ފޮނަދޫ, ލ. ގަން, ހދ. ކުޅުދުއްފުށި, ސ. ހިތަދޫ, ސ. މަރަދޫ, ސ. މަރުދޫފޭދޫ, ސ. ހުޅުމީދޫގެ އިތުރުން ހދ. ކުޅުދުއްފުށިން ވަނީ ސުވާލު ކުރެވިފައެވެ.

އެކި ސަބަބުތަކަށްޓަކައި 749 ބައިވެރިޔަކު (ސާވޭ ކުރި މީހުންގެ 11.01 އިންސައްތަ) ސާވޭ ކުރަން ބޭނުންނުވެއެވެ. ސާވޭ ކުރި 6055 މީހުންގެ ތެރެއިން, 336 މީހުން (5.55 އިންސައްތަ) ބުނެފައިވަނީ އެކި ސަބަބުތަކާހުރެ މިފަހަރު ވޯޓް ނުލާން ނިންމާފައިވާ ކަމަށެވެ.

ސާވޭގެ ބައިވެރިންގެ ތެރެއިން 2177 (38.07 އިންސައްތަ) މީހުން ބުނެފައިވަނީ މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ, ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. މުއިއްޒުއާ އެންމެ ކައިރިން ވާދަކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް 2066 (36.13 އިންސައްތަ) މީހުން ބުނެފައިވެއެވެ.

ސާވޭގެ ތިންވަނައިގައި އޮތީ, ޤާސިމް އިބްރާހީމެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 494 މީހުން (8.64 އިންސައްތަ)އާ އެކުގައެވެ. ހަތަރު ވަނައިގައި އޮތީ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބެއެވެ. މިފަހަރު އިލްޔާސް ލަބީބަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ބުނެފައިވަނީ 492 މީހުން (8.60 އިންސައްތަ) މީހުންނެވެ. އެމްއެންޕީގެ ނާޒިމް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް 269 މީހުން (4.70 އިންސައްތަ) މީހުން ބުނެފައިވާއިރު, ފާރިސް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބުނެފައިވަނީ, 111 މީހުންނެވެ. އެއީ 1.94 އިންސައްތަ މީހުންނެވެ. ސާވޭގެ ފުލުގައި އޮތީ އުމަރު ނަސީރާއި ހަސަން ޒަމީލެވެ. އުމަރު ނަސީރު އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބުނެފައިވަނީ, ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 79 (1.38 އިންސައްތަ) މީހުންނެވެ. ޒަމީލު ހޮވޭނެ ކަމަށް ބުނެފައިވަނީ, 0.54 އިންސައްތަ މީހުންނެވެ. އެއީ 31 މީހުންނެވެ.

"ދެން" އިން ކުރި މި ސާވޭގެ ނަތީޖާގެ ތަފްސީލުތައް ކުރިޔަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރަމުން ގެންދާނެއެވެ. މި ސާވޭގެ 95 އިންސައްތަ އަކީ ސީދާ ރަށްރަށަށް ދަތުރުކޮށް, ދޮރުން ދޮރަށް ހިނގާ, ކެފޭތަކާއި ރެސްޓޯރެންޓޯރެންޓްތަކާއި އޮފީސްތަކުގެ ބޭރުގައި ތިބެ ނަގާފައިވާ ސާވޭކަން ފާހަގަކޮށްލަމެވެ. 5 އިންސައްތައަކީ ފޯނުން ގުޅައިގެން ނަގާފައިވާ ސާވޭތަކެވެ.

Ads by Allied Insurance
  1. ބޮޑުބެ

    ތިޔައީ 2018 ގެ ސާވޭކަހަލަ ވާނީ އޭރުދެއްކި75 -85 : ދޭތެރޭ ޔާމީނަށް ލިބޭނެކަމަށް!
    ދިޔައީ ބޮށްސުން!

    • ޙައްޖަ

      9 ވަނަ ދުވަސް ނަތީޖާ ބަލަން މިއިނީ

  2. والله أعلم

    ތި ބޮޑެތި ރަށްރަށުން އައި ނަތީޖާ ކަމައް ވެއްޖެއްޔާ އިބޫ ހޮވޭނެ ކަމަށް ބެލެވޭނީ.

    • މިހާރު

      ތިޔަބުނާ އިބޫ ކިޔާމީހާ ހޮވިއްޖެއްޔާ ވަރަށް ބަނަ ފަސް އަހަރަކަށް ވާނެ މިހާރު ވެސް ކާރީގަ އުޅޭ އަހުވާނުންނަށް ކާންދީ 60 ބިލިއަން ދަރަނި އެބަހުރި މަކަށް 2 ބިލިޔަނަން ކިހާބޮޑުބަލާއެއް މީ ދެން