ޚަބަރު

ޑޮލަރުގެ މައްސަލައިގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނީ އަމްރުގެ ޚިޔާލެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓު ހުސައިން އަމްރު

ރޭ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން, އެމްޑީޕީ އިން އާއްމު ކުރި, އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު އެމެރިކާގެ ޑޮލަރަށް ބަރޯސާވެފައި އޮތުން ނައްތާލުމަށް ކަންކުރާނެ ގޮތުގެ ޚިޔާލަކީ މީގެ މަހެއް ދުވަސް ކުރިން, ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސެއިން އަމްރު ޓްވިޓަރގައި އާއްމު ކުރައްވާފައިވާ ޚިޔާލެއް ކަމުގައި ވުމުން އެކަމަށް ސަމާލުކަން ހުއްޓިއްޖެއެވެ.

Ads by STELCO

ދިވެހިރާއްޖޭގެ އިގްތިސާދު އެމެރިކާގެ ޑޮލަރަށް ބަރޯސާވެފައި އޮތުން ނައްތާލުމަށާއި އެހެން ގައުމުތަކާ އެކީ އެ ގައުމެއްގެ ފައިސާއިން މުއާމަލާތް ކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

އެސްޓީއޯގެ އެމްޑީކަން މި ސަރުކާރުގައި ގިނަ ދުވަސް ތަކެއް ވަންދެން ކުރެއްވި, އަދި 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލުމުގައި މަސައްކަތް ކުރެއްވި, އަމްރު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެގޮތަށް ކަންކުރުމަށް ކުރެއްވި ޓްވީޓެއްގައި ލަފާ ދެއްވާފައެވެ.

އެގޮތުން ވިދާޅުވެފައިވަނީ, ރާއްޖެއާއި އިންޑިއާ ދެމެދު އަހަރެއްގެ މައްޗަށް ދެ ބިލިޔަން ޑޮލަރުގެ ވިޔަފާރި ހިނގާ ކަމަށާއި, ޑޮލަރާއި ނުލާ މި ވިޔަފާރިތައް ކުރުމުން ޑޮލަރުގެ ރޭޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަމްރު މިފަދައިން އޭރު ޓްވީޓް ކުރައްވާފައިވަނީ ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް މައްޗަށް ދިއުމާއި ގުޅިގެންނެވެ.

ޑޮލަރަށް ބަރޯސާވުން ނައްތާލުމަށް ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާ, ޗައިނާ ހިމެނޭ ބްރިކްސް އެލައިންސްއިން ދަނީ ޑޮލަރާ ނުލާ ވިޔަފާރި ކުރުމުގެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރުމުންނެވެ. ޑޮލަރާއި ނުލާ ވިޔަފާރިތައް ހިނގަން ފަށައިފިނަމަ ޑޮލަރުގެ ކަޅު ބާޒާރު ނެތިގެން ގޮސް, ޑޮލަރުގެ ބޭންކް ރޭޓްގައި ލިބުމަށް ފަސޭހަ ތަކެއް ކުރިމަތިވާނެ ކަމަށް މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

Ads by Ooredoo
  1. އިއްބެ

    މަހެއްހަައިދުވަސްކުރިންކިޔާއިރުކަލޭމެންވަކިވިފަހުންކިތައްމަސްވެއްޖެތަފޭލިވާމީހުންނަކީއަބަދުވެސްކޮސްގޮވާބައެކެވެއެމީހުނަކަށްދެއުޅިއެއްވާނެވާހަކައެއްނުދެއްކޭނެއެވެ

  2. ކިހާ ބޮޑުކަމެއް

    ރަގަޅު ކަމެއްވެއްޖެއްޔާ އަހަރެމެން ބޭނުންވަނީ ކޮޕީކޮށްގެން ނަމަވެސް ހުރިހާ ޕާޓީތަކުން އެކަންތައްތައްކުރަން.

  3. އިއްބެ

    އަމްރުމޮޔަގޮވަންޖެހެނީމިއަދުތަކުރީގަނުބުނެވުނީކީއްވެއަމްރުހެދިތޮއްޑޫއެގުރިސެންޓަރުހުރީހަތަރުފާރުވާހަކަދައްކާކަށްލަދެއްނުގަނޭ