ޚަބަރު

އަލްހާނުގެ ޕާސްޕޯޓު ހިފަހައްޓައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

Ads by STELCO

ފުލުހުންގެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަލްހާން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމާއި އޭގެ އިތުރު ތަފުސީލު ފުލުހުން ހާމަކޮށްފައިނުވެއެވެ.

އޮޅުވައިލައިގެން ފައިސާ ހޯދުމަށް ތުހުމަތުކޮށް އަލްހާނުގެ ހިއްސާ އޮންނަ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ބޭންކު އޮފް މޯލްޑިވްސްއިން ފްރީޒް ކޮށްފައި ވަނީ 2022 ވަނަ އަހަރުގައި ކަމަށްވާއިރު އެ މައްސަލައިގައި ކިންގްސް ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ވެސް މިހާރު ބަލަމުންނެވެ.

ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި އަމުރުކޮށްފައިވާއިރު ފުލުހުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، 1،864 މީހެއްގެ އަތުން އަލްހާން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އަލްޙާނު ބުނާ ގޮތުން އެ ފައިސާ އަނބުރާ އިންވެސްޓަރުންނަށް ނުދެވުނީ ކުންފުނީގެ ވިޔަފާރިއަށް ދައުލަތުގެ އިދާރާތަކުން ހުރަސްއެޅުމާއި ގުޅިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!