Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"ދިވެހީންގެރާއްޖެ" ނަމުގައި ޒުވާނުންގެ ސައިކަލު ބުރެއް ބާާއްވަނީ

"ދިވެހީންގެރާއްޖެ" ނަމުގައި ޒުވާނުންގެ ސައިކަލު ބުރެއް ބާާއްވަނީ

"ދިވެހީންގެރާއްޖެ" މި ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ތާއީދު ކުރާ ޒުވާނުން ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސައިކަލު ބުރު އޮންނާނީ، އަންނަ މަހުގެ ފުރަތަމަ ދުވަހު، ހުޅުމާލޭގައެވެ. އެ ދުވަހު 4:00ގައި، މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތިންނެވެ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު، އަތޮޅުތެރެއަށް ދަތުރުފުޅު ކުރައްވަމުން އަންނައިރު، އެމަނިކުފާނު މިހާރު ވަޑައިގެން އުޅުއްވަނީ ރ.އަތޮޅުގައެވެ. އެ އަތޮޅު ދުވާފަރުގައި މިރޭ ޖަލްސާއެއް ވެސް އޮންނާނެއެވެ. ރ އަތޮޅަކީ އިދިކޮޅު ޕީޕީއެމަށް ތާއީދު ބޮޑު އަތޮޅެކެވެ. މިރޭ ޕީޕީއެމް-ޕީއެންސީގެ މައްޗަންގޮޅީ ދެކުނުގެ ޖަގަހައެއް ހުޅުވުން ވެސް، 8:30ގައި އެބައޮތެވެ. މި ޖަގަހަ ހުޅުވައިދެއްވާނީ މުއިއްޒުގެ ރަނިންމޭޓް، ޙުސައިން މުޙައްމަދު ލަތީފެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް