Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފާރިސް އަކީ އަމިއްލައަށް ރުޅި ކޮންޓްރޯލް ކުރާ، އިސްލާމީ އަޚްލާޤުގައި ހިފެހެއްޓޭތޯ ބައްލަވާ ބޭފުޅެއް: ނަސްރީނާ

ފާރިސް އަކީ އަމިއްލައަށް ރުޅި ކޮންޓްރޯލް ކުރާ، އިސްލާމީ އަޚްލާޤުގައި ހިފެހެއްޓޭތޯ ބައްލަވާ ބޭފުޅެއް: ނަސްރީނާ

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ފާރިސް މައުމޫނަކީ ތުއްޕުޅުއިރުންސުރެ، އަމިއްލައަށް ރުޅި ކޮންޓްރޯލް ކުރާ، އިސްލާމީ އަޚްލާޤްގައި ހިފެހެއްޓޭތޯ ބައްލަވާ ބޭފުޅެއް ކަމަށް، ފާރިސްގެ މަންމާފުޅު، ކުރީގެ ފަސްޓްލޭޑީ، ނަސްރީނާ މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސްއާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް މެޑަމް ނަސްރީނާ ވަނީ، ޓީވީއެމްގެ ޕްރޮގްރާމެއްގައި ހިއްސާ ކުރައްވައިފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ފާރިސްގެ އެންމެ ފާހަގަކޮށްލެވޭ ސިފަފުޅުތަކަކީ، ރުޅިމަޑުކަމާއި، ދީނީ އަޚްލާޤަށް ދެއްވާ ސަމާލުކަމެވެ. "ފާރިސް އަކީ ވަރަށް ހަމަޖެހޭ މީހެއް އިނގޭތޯ، ކުއްލި ކުއްލި ޑިސިޝަންސް ނަގައިގެން، ކަންކަން ކުރާ މީހެއް ނޫން." ނަސްރީނާ ވިދާޅުވިއެވެ. ައެކަމަނާ އިތުރަށް ވިދާޅުވި ގޮތުގައި، ފާރިސް ކަންކަމުގައި ޢަމަލު ކުރައްވާނީ ވަރަށް ބޮޑަށް އެކަމަކާއިމެދުގައި ވިސްނާވަޑައިގެންނެވުމަށް ފަހުގައި، އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. ފާރިސް ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި، އޭނާއަށް ޒިޔާރާތް ކުރެއްވުމުން، އަބަދުވެސް ފެނިވަޑައިގަތީ ވަރަށް ހަމަޖެހިގެން ހުންނަވަނިކޮށް ކަމަށާއި، ކުޑަވެސް ހިތްނުތަނަވަސްކަމެއް ނުދައްކަވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް