Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިޔާސީ ވެރިން ވިސްނަވަނީ ޒުވާނުންނަކީ ހަމައެކަނި ކުޅިވަރު ކުޅޭ ބައެއްގެ ގޮތުގައި: ފާރިސް

ސިޔާސީ ވެރިން ވިސްނަވަނީ ޒުވާނުންނަކީ ހަމައެކަނި ކުޅިވަރު ކުޅޭ ބައެއްގެ ގޮތުގައި: ފާރިސް

ސިޔާސީ ބޭފުޅުން ވިސްނަވަނީ ޒުވާނުންނަކީ ހަމައެކަނި ކުޅިވަރު ކުޅޭ ބައެއްގެ ގޮތުގައި ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވާ، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

"ވޮއިސް"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފާރިސް ވިދާޅުވީ ޒުވާނުންނަކީ ބޮޑެތި މީހުން ކަމަށާއި، ޒުވާނުން ބޭނުންވަނީ ހަމައެކަނި ކުޅިވަރު ކުޅެން ނޫން ކަމަށެވެ. ރަނގަޅު ތަޢުލީމާއި، ވަޒީފާ ވެސް ޒުވާނުން އެދޭ ކަމަށް ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ވެރިން، މިއަދު ތިބީ ޒުވާނުންނަށް މަލާމާތް ކުރާ ހާލަތުގައި ކަމަށެވެ. ފާރިސް އިތުރަށް ވިދާޅުވީ ސިޔާސީ ކަންކަމުގައި ޤައުމުގެ މިސްރާބު އޮތްގޮތަށް ބަލައި، ކަންކަން ރަނގަޅު ނުވާނެ ކަމަށް ނުބަލައި، ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެހެން މީހުން ވޯޓުލާން ތިބީ ކާކަށްތޯ ވިސްނުމުގެ ބަދަލުގައި، އަމިއްލަ ޒިންމާ އަދާ ކުރާށޭ." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވަނީ ކެންޑިޑޭޓް ނަންބަރު ހަޔަކަށް އިތުބާރުކޮށް ވޯޓު ދިނުމަށް ވެސް އެދިވަޑައިގަންނަވައިފައެވެ.    

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް