Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ބިން ވެސް ހިއްކައިދޭނަން: މުއިއްޒު

ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ބިން ވެސް ހިއްކައިދޭނަން: މުއިއްޒު

އ.އ ރަސްދޫގެ ރައްޔިތުން އެދޭ ގޮތަށް، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިއަދު ރަސްދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

"އަދި ހަމައެއާއިއެކީގައި، ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކޮށްދީ، އެއީ ފުރިހަމަ ވަސީލަތްތަކާއިއެކީގައި ގާއިމު ކުރެވިފައި ހުރި  ރަނގަޅު ހޮސްޕިޓަލަކަށް ހަދައިދޭނެ ވާހަކަ ދަންނަވަން." މުއިއްޒު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ގެދޮރުވެރިކަމަކީ ރަސްދޫގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ، ގެދޮރު އެޅުމާއި، އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ރަސްދޫގައި ވެސް ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މުއިއްޒުގެ މެނިފެސްޓޯގައި 19 ބާބެއް ހިމެނޭއިރު، އޭގެތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ގެދޮރުވެރިކަމަށެވެ.

މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް