ޚަބަރު

ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އިރުވެސް، ރައީސް ޞާލިޙް އިސްކުރެއްވީ ކެތްތެރިކަން: ޝެއިޚް އިލްޔާސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރާއްޖޭގެ އެތެރެއިންނާއި ރާއްޖެއިން ބޭރުންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއެކުގަވެސް ރައީސް އިސްކުރެއްވީ ކެތްތެރިކަންކަމުގައި ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިސްލާމްދީނާއި ދީނުގެ ކަންތައްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބައެއް ބޭފުޅުންގެ ތާއީދު ރައީސް ޞާލިޙުއަށް އޮތްކަމަށް ހާމަކުރައްވައި އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ދީނީ ދަރުސް ދިނުމާއި، ދީނުގެ ކަންކަން އުނގަންނައި ދިނުމަށް މަސައްކަތްކުރައްވާ 24 ބޭފުޅަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ރައީސް ޞާލިޙުއާ ދިމާވި އެތަކެއް ގޮންޖެހުންތަކާއެކުގައިވެސް ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަން ދައްކާފައިވާކަމަށާއި އަނިޔާވެރިކަން އިސްނުކޮށް ސިޔާސީ ޚިޔާލުތަފާތުވުންތަކަށް ފުރުޞަތު ދެއްވާފައިވާކަމަށެވެ.

އަދި ރާއްޖޭގެ އެތައް ބަޔަކު ރައީސްގެ ޚުލްޤު ހެޔޮކަމަށް ހެކިވާނެކަމަށާއި، ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ފެށިގެން ދިޔަފަހުން މި 5 އަހަރަކީ އެންމެ ސުލްޙަވެރި 5 އަހަރުކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ޑރ. ޤުބާދު ރައީސް ޞާލިޙުއަށް ތަޢުރީފްކުރައްވާ ވިދާޅުވީ ރައީސްއަށް ތާއީދުކުރުމަށް ނިންމެވީ ރާއްޖޭގައި ތަފާތު ސިޔާސީ ފިކުރުތަކާއެކު ސުލްޙަވެރިކޮށް މަސައްކަތް ކުރެއްވުމުގެ ޙިކުމަތާއި، އޯގާތެރިކަމާއި، މަޑުމައިތިރި ކަމާއި ހިތްތިރިކަން އެމަނިކުފާނުގެ ކިބައިގައި ހުރުމުން ކަމަށެވެ.

ޑރ. އިޔާޒު ވާހަކަ ދައްކަވަމުން ވިދާޅުވީ ޢިލްމުވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންތައްތަކަށް ޙައްލު ހޯއްދަވައިދެއްވީ ރައީސް ޞާލިޙުކަމަށެވެ. އެގޮތުން މޫނު ބުރުގާ އަޅާ ޓީޗަރުން ކިޔަވައިދިނުމުގައި ދިމާވި މައްސަލައާއި، އެމް.ޑީ.އެންގެ މައްސަލައާއި ނަފުރަތުގެ ބިލުގެ މައްސަލާގައި ވެސް ޢިލްމުވެރިން އެދުނު ގޮތަށް ކަންތައްތައް އިސްލާޙުކޮށްދެއްވީ ރައީސްކަމަށް އިޔާޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންގެ އިތުރުން ވެސް ރައީސް ޞާލިޙުއަށް ތާއީދުކުރައްވާ ބޭފުޅުން އެބަ ތިއްބެވިކަމަށް އިލްޔާސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ތިމީހުން އިންޑިޔާ ކުންފުނިޔަކަށް މިތަން ދީ އަޅުވެތި ކުރީ !

  2. ާއަޒު

    މިގައުމުގަ ކަރު ބުރިކޮހ މީހުންމަރާ ލިވާޠުކޮއް ހުރިހާ ނުބަިއި ކަމެއް ހިނގި އިރު ހަނު ހުރުމަކީ ކެތްތެރިކަން ކަމަށް ބުނާނަމަ އިލްޔާސަކީ ލާދީނީ މީހެއް

  3. އިންޑިޔާމީހުނަށް މުޅި ޤައުމުގެ އިޤުތިސޯދު ވިއްކާލައިގެން މުޅިގައުމު އެތަކެއް މިލިޔަން ރުފިޔާއިން ދަރަނިވެރި ކުރުވާއިގެން އެކަމުގެ ބުރަ މިއަދު އުފުލަން މިޖެހެނީ ރައްޔިތުންގެ ދިރިއުޅުމުން !

  4. ދޮށީބޭ

    ކަންކަންކުރަން ނޭނގޭތީ ކޮންމެގޮތެއް ވަރިހަމަވެގެން ހުރުމަކީ ކެތްތެރިކަމެއްނޫން.އެއީ ނާޤާބިލްކަން ގަދަކަމުން މީހަކުލަށްވާ ވެރިކަންކުރާ މަންޒަރުފެންނަނީ.

  5. ދުންމާރި

    ދަރިފުޅަށް 30ހާސް ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއްވެސް ދިން

  6. އެތަކެއް ޤާނޫނު ތަސްދީޤު ކުރީ ޢިލްމު ވެރިން އިސްލާހު ކުރަން ގޮވަގޮވާ ތިއްބާ އެޔަށް ބީރު ކަންފަތެއް ދީފާ، ކިހާވަރަކަށް ތޯ އިލްމު ވެރިންގެ ބަސް އަޑުއެހީ !

  7. އެއޮޑި

    ކޮބައިތަ ތިބުނާ ގޮން ޖެހުމަކީ އެއްޖިންސުން ގުޅުން ހިންގި މީހުންތައް ސަރުކާރު އަޑީގެ މަތިފަޑީގެ ބަޔަކަށްވުންތަ؟