ޚަބަރު

"ހައްލަކީ ކާފަ" އުމަރުގެ ކާފަ ދަރިފުޅުގެ މެސެޖަށް ގިނަ ބައެއްގެ ސަމާލުކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައިވާއިރު, ތަފާތު އެކި ކެންޕެއިންތައް ދަނީ ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުގައި އަށް ކެނޑިޑޭޓުން ވާދަ ކުރާއިރު, އެ ކެނޑިޑޭޓުންގެ އަނބިންނާއި ދަރިން ވެސް ދަނީ ކެންޕެއިންގައި ބައިވެރިވަމުންނެވެ. ނަމަވެސް އިއްޔެ މީސްމީޑިއާ ހަވަމުންދަނިކޮށް ލޮލުގައި އަޅައިގަތީ ވަރަށް ތަފާތު ފޮޓޯއެކެވެ.

Ads by MWSC

އުމަރުގެ ކެންޕެއިން ޓީމުން އާއްމުކޮށްފައިވާ ފޮޓޯގައި ހުރީ އުމަރު ނަސީރުގެ ކާފަ ދަރިފުޅެވެ. އޭނާ ލައިގެން ހުރި ޓީޝާޓުގައި ޖަހާފައިވަނީ ހައްލަކީ ކާފަ ކަމަށެވެ. އެއީ އުމަރުގެ ސްލޯގަން "ހައްލަކީ އުމަރު" މިއެވެ.

"ހައްލަކީ އުމަރު" މި ސްލޯގަންއިން އުމަރު ކިޔައިދޭން ބޭނުންވަނީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސަތުތަކަށް ހައްލު ހޯދައިދެވޭނީ އޭނާއަށް ކަމަށެވެ. އޭނާގެ އަހަރު ނުވާ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއިން މި މެސެޖް އިތުރު އެތައް ބަޔަކަަށް ފޯރުކޮށްދިނެވެ.

އެ ފޮޓޯއަށް ގިނަ ބައެއްގެ ތައުރީފް އޮއްސާލިއެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އަސްލު ވެސް ހައްލަކީ ކާފަ ކަމަށެވެ.

ސިޔާސީ ގޮތުން ބައިބައިވެ ހިޔާލު ތަފާތުވެފައިވާ މި ދުވަސްވަރު, އިއްޔެ އެ ފޮޓޯއިން ގިނަ ބަޔަކު އެއްބައިވަންތަ ކޮށްލިއެވެ. އުމަރު ނަސީރަށް ވޯޓް ނުދިޔަސް, ގިނަ ބަޔަކަށް އެ މެސެޖް ކަމުދިޔައެވެ.

Ads by Allied Insurance
  1. ާނުއްނު

    ޢުމަރުގެ ވާހަކަ ރަގަޅެވެ. ޢުމަރުގެ ތަޖުރިބާއާއި މާޒީގަި ކޮއްފައިވާ ކަންކަންވެސް ބަރާބަރެވެ. ޤައުމަށް އިސްލާމީ ވެރިކަމެއް ގެނެސްދެވޭނެކަމުގެ އުއްމީދެއް ކުރެވެނީވެސްއުމަރަށެވެ. ޢެކަމަކު އުމަރަށް ވޯޓު ދެވޭކަށް ބޭނުމެއް ނުވެއެވެ! ފަހެ މީ ކޮންކަހަލަ ރައްޔިތެއް ހެއްޔެވެ؟!!

  2. ވަރަށް ރީތި ފޮޓޯއެއް ކާފަ ދަރިފުޅުވެސް އުމަރު ގޮތަށް ކެރޭ މީހަކަށް ވާނެ !