ޚަބަރު

ދެން ސާވޭ: ކުޅުދުއްފުށިން ކުޑަތަފާތަކުން ކުރީގައި އުޅެނީ ޑރ. މުޢިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދެން އޮންލައިން" އިން ކުޅުދުއްފުށީގައި ނެގި ސާވޭއިން އިން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކުރި ހޯދައިފިއެވެ.

Ads by Sosun Fihaara

ސާވޭގައި ކުޅުދުއްފުށިން 595 މީހުންނާ ވަނީ ވަކި ވަކިން ސުވާލު ކުރެވިފައެވެ.

އޭގެ ތެރެއިން 19 މީހަކު އެކި ސަބަބުތަކާހުރެ ސާވޭގައި ބައިވެރިވާން ވަނީ ދެކޮޅު ހަދާފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 32 މީހަކު ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލާން ނިންމާފައިވާ ކަމަށެވެ. ވޯޓްލާނެ ކަމަށް ބުނެ, ސާވޭގައި ބައިވެރިވެފައިވަނީ 544 މީހުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ މި ސާވޭގެ ޖުމްލަ ނަތީޖާ ލި ލިންކުން ލިބިވަޑައިގަންނަވާނެއެވެ

ސާވޭގައި އެންމެ ކުރީގައި އުޅެނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒެވެ. މުއިއްޒު ވަނީ 228 މީހުންގެ ތާއީދާއެކު (41.91 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ. ޖެހިގެން އޮތީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 218 މީހުންގެ ތާއީދެވެ. އެއީ 40.07 އިންސައްތައެވެ. ތިން ވަނައިގައި 8.46 އިންސައްތަ (46 މީހުންނާއެކު) އޮތީ ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމެވެ. ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 6.62 އިންސައްތައެވެ. އެއީ 36 މީހުންގެ ތާއީދެވެ.

އެޑިޓަރުގެ ނޯޓް: މި ސާވޭ ކުރިޔަށް ގެންގޮސްފައިވަނީ 10 އޯގަސްޓް އިން ފެށިގެން 26 އޯގަސްޓާ ހަމައަށެވެ.މި ސާވޭގެ 95 އިންސައްތަ އަކީ ސީދާ ރަށްރަށަށް ދަތުރުކޮށް, ދޮރުން ދޮރަށް ހިނގާ, ކެފޭތަކާއި ރެސްޓޯރެންޓޯރެންޓްތަކާއި އޮފީސްތަކުގެ ބޭރުގައި ތިބެ ނަގާފައިވާ ސާވޭކަން ފާހަގަކޮށްލަމެވެ. 5 އިންސައްތައަކީ ފޯނުން ގުޅައިގެން ނަގާފައިވާ ސާވޭތަކެވެ.

Ads by Allied Insurance
  1. ހަސަންބެ

    ކަލޯ މުއައްޒާ ޖަމީލު އާއި އަދުރޭ ދެމީހުންގެ ފައިގަ ހިފައިގެން ގޮސް ދެން ހުވާކޮށްލާ

  2. ބާކީ

    ތިހަދާސާވޭތިގަބޫލުކުރާސާވޭއެއްނޫން